ފުވައްމުލަކުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ އެމް5 ނަމަކަށްކިޔާ ބޯޓުން ދިޔަވާތީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.
ފުވައްމުލަކުން ފުރައިގެން 9 މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ އެބޯޓް ދިޔަވާތީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ މިއަދު މެންދުރު ފަހު 3 ޖަހާކަށް ހާއިރު ކަމަށް ވެއެވެ. އެބޯޓް އޮތީ ގއ.ވިލިނގިއްޔާއި 1 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ވެއެވެ.
ބޯޓު އޮތީ ސަލާމަތްކުރެވޭނެ ހާލަތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
މީއީ ދަޑިމަގު ކްރީމްގެ ބަދީޢުގެ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބޯޓުގެ ކައްޕިތާނަކީ ދެކުނުގެ އިބްރާހިމް ހަސަން ދީދީކަމަށް މައުލޫމާތުލިބެއެވެ.
+1
+1
ޚިޔާލުތައް