A wide advertisement which will be shown on all devices. (700 x 100)

މަސްތުވާތަކެތި ގެންގުޅުނު މީހަކު ފުވައްމުލައް ސިޓީއިން ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަތް މަސްތުވާތަކެތި 2021 މާރި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ފުވައްމުލައް ސިޓީއިން ހައްޔަރުކޮށްފިއެވެ. މިހަރަކާތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ފާއިތުވި މާރިޗު މަހު 31 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުންގެ ހަރަކާތްތަކުގެ މައުލޫމާތު ގެނެސްދޭ “ޕޮލިސްލައިފް” އިން ހާމަކުރެއެވެ. ފުލުހުންގެ އިންޖެލިޖެންސަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދިޔައީ މަސްތުވާތަކެތި ގެންގުޅެ އެގެ ވިތޔަފާރި ކުރުމުންނެވެ.

މި މައުލޫމާތާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލަިއ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ބަނދުކޮށްފައި ހުރި 164 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިމައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !