A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ގޮނޑުގޮށުގެ 1.5 ކިލޯމީޓަރު ސާފުކޮށްފި

ފުވައްމުލަކު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް 25 އޭޕްރީލް 2021

ފުވައްމުލައް ސިޓީ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމަށް 1 ދުވަސް އިތުރުކޮށް ޖުމްލަ 3 ދުވަހުން 1.5 ކިލޯމިޓަރުގެ ގޮޑުދޮށުން ކުނި ނަގާފައިވާ ކަމަށް އެހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއްފަރާތް ކަމަށްވާ މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމުން ހާމަކޮށްފިއެވެ.

މިހަރަކާތުގައި ގޮނޑުދޮށުން ކުނިނެގުމުގެ މަސައްކަތް ފަށާފައިވަނީ މި އޭޕްރީލް މަހު 23 ވަނަ ދުވަހު ހަވީރު ވަލިފަންނު ސަރަހައްދުންނަވެ. އަދި ދެވަނަ ދުވަހުގެ ކުނިނެގުން ފަށާފައިވަނީ ވެސް ހަވީރު މާނޭރެ ސަރަހައްދުންނެވެ. ކުރިން ޝެޑިއުލްގައި 2 ދުވަސް އޮތް ނަމަވެސް އިތުރު ދުވަހެއްގެ ގޮތުގައި 25 އޭޕްރީލްގައި ވެސް މިހަރާކާތް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ފުވައްމުލަކު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް 25 އޭޕްރީލް 2021

ތިން ދުވަހުގެ “ބީޗް ކްލީނިން” ހަރަކާތުގައި 60 ބަސްތާ ކުނި އެއްކޮށްފައި ވާކަމަށް މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމް އިން ހާމަކުރެއެވެ. އަދި މިހަރާކާތުގައި ބައިވެރިވި އެންމެހާ ފަރާތްތައް ގުޅިގެން ކުރެވުނު މަސައްކަތަށް އެންމެހާ ބައިވެރިންނަށް ތައުރީފުކޮށް ސާބަސް ދީފައިވެއެވެ.

މިފަދަ ހަރަކާތްތަކުގެ ތެރެއިން ރަށުގެ އާއްމު މީހުންނާއި ބައްދަލުވެ ވާހަކަ ދައްކާލަން ފުރުސަތު ލިބބުމުން އުފާ ކުރާ ކަމަށެވެ. އަދި ރަށުގެ މީހުންނަކީ ރަށުގެ މާހައުލުގެ ދިރުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި ރަށުގެ ގޮޑުދޮށް ހިމާޔަތްކޮށް، ސާފުކޮށް ބޭއްވުމަށް ނުހަނު ޝައުގުވެރިކަމެއް ދޭ ބައެއް ކަމަށް މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމް އިން އެމީހުނގެ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައި ވެއެވެ.

ގޮނޑުދޮށް ސާފުކުރުމުގެ މި ޕްރޮގްރާމު ކުރިޔަށް ގެންގޮސްފައި ވަނީ މި އޭޕްރީލް މަހުގެ 23، 24 އަދި 25 ވަނަ ދުވަހުއެވެ. މިހަރަކާތުގައި މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމް އާއި މޯލްޑިވިއަން މަންޓާ ރޭ ޕްރޮޖެކްޓް (މަންޓާ ޓްރަސްޓް) އާއި ފުވައްމުލައް ނޭޗާ ޕާކާއި، ވަން ފުވައްމުލައް އަދި ފުވައްމުލަކު ސާފިން އެސޯސިއޭޝަން، ފަރާތަކުން ބައިވެރިވެފައި ވެއެވެ.

މީގެ އިތުރުން ވެސް ތަފާތު އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ ކޮމިއުނިޓީއި ގުޅިގެން ކުރިޔަށް ގެނެދިއުމަށް އުއްމީދުކުރާމަކަށް ހާމަކޮށްފައި ވެއެވެ.

ފުވައްމުލަކު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް 25 އޭޕްރީލް 2021

ފާއިތުވި އަހަރުތަކުގައި ވެސް ފުވައްމުލަކު ގޮނޑުދޮށް ސާފުކުރުމުގެ ތަފާތު ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން އެންމެ ފަހުން މިފަދަ ޕްރޮޖެކްޓެއް ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި 2020 ވަނަ އަހަރު ޖޫން މަހު ފަހުކޮޅުއެވެ. އެދުވަހުގެ ހަރާކާތް އިންތިޒާމުކޮށްފައި ވަނީ ވަން-ފުވައްމުލައް އެންޖީއޯއިން ނެވެ.

އެއްފަހަރާ ބޭނުންކުރާ ޕްލާސްޓިކް ބޭނުން ނުކުރުމަށާއި، އެކިތަންތަނަށް ކުނި ނޭޅުމަށާއި، ރާއްޖެ ކުނިން ސަލާމަތް ކުރުމަށާއި، އިންސާނުން އުފައްދާ ކުނިން ދުނިޔެ ރައްކާތެރި ކުރުމަށް ޗައިނާގެ ފަތުރުވެރިޔާ އެމާ ފާއިތުވެި އަހަރުގެ ގޮންޑުދޮށް ސާފުކުރުމުގެ ހަރަކާތަށް ފަހު އެދިފައިވެއެވެ.

ވަން-ފުވައްމުލައް އިން ކުރިން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލަކަށް ޒިޔާރަތްކުރާ މެހުމާނުންނަށް ރަށުގެ ތިމާވެށީގެ ރީތިކަމާއި ނާޒުކުރުން ވަޒަންކުރެވެއެވެ.“އަހަރެމެން އަހަރަމެންގެ ބައި ފުރިހަމަކޮށް، ޒިންމާދާރުމާއެކު އުފައްދާ ކުނި އުކާލުމާއި ކަނޑައެޅިފައިވާ ގޮތްތައް ބޭނުންކުރޭ. ރިސައިކްލް- ރިޔޫޒް- ރެޑިއުޒް” ގެ ގޮތްތައް ބޭނުން ކުރުމަށް ވަން-ފުވައްމުލައް އިން އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !