A wide advertisement which will be shown on all devices. (700 x 100)

ގޮނޑުދޮށް ސާފުކުރުމުގެ ދެ ދުވަހުގެ ހަރަކާތެއް ހުކުރު ދުވަހު ފަށަނީ

ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާ

ފަސް ޖަމްއިއްޔާއަކާއި ބައެއް އަމިއްލަ މީހުން ގުޅިގެން ފުވައްމުލައް ސިޓީ ގޮނޑުދޮށް ސާފުކުރުމުގެ 2 ދުވަހުގެ ހަރަކާތަކަށް ތައްޔާރުވެއްޖެއެވެ. ފުވައްމުލަކުގެ ރީތި ގޮނޑުދޮށް އިތުރަށް ސާފުކޮށް ބޭއްވުމަށް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ ފުވައްމުލައް ނޭޗާ ޕާކާއި، ވަން ފުވައްމުލައް، ފުވައްމުލަކު ސާފިން އެސޯސިއެޝަން، މޯލްޑިވްސް ވޭލްޝާކް ރީސާޗް ޕްރޮގާރާމް އާއި މަންޓާ ޓްރަސްޓް ގުޅިގެން ހިންގާ ހަރަކާތެއްގެ ގޮތުގައެވެ.

ގޮނޑުދޮށް ސާފުކުރުމުގެ ދެ ދުވަހުގެ މިހަރަތާކް އޮންނާނީ، ފުރަތަމަ އަންނަ ހުކުރު ދުވަހު (23 އޭޕްރީލް 2021) ހަވީރު 4:00ގައި ވަލިފަންނުން ފާށާ ގޮތަށެވެ. އަދި ދެވަނައަށް ޖެހިގެން އަންނަ ހޮނިހިރު ދުވަހު (24 އޭޕްރީލް) ހަވީރު 4:00 ގައި މާނޭރެ އިން ފަށާގޮތަށެވެ. މިހަރަކާތް ކޮންމެ ދުވަހަކުވެސް ނިންމާނެ ވަކި ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ.

“ބީޗް ކްލިނިން”ގެ މިހަރަކާތުގައި ބައިވެރިވުމަށް އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. މިހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ދެ ދުވަހު، ހުކުރު އަދި ހޮނިހިރު ދުވަހު ވަލިފަންނޮ އަދި މާނޭރަށް ގޮސްގެންް ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

ފާއިތުވި އަހަރުތަކުގައި ވެސް ފުވައްމުލަކު ގޮނޑުދޮށް ސާފުކުރުމުގެ ތަފާތު ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން އެންމެ ފަހުން މިފަދަ ޕްރޮޖެކްޓެއް ކުރިޔަށް ގެންގޮސްފައި ވަނީ ފާއިތުވި 2020 ވަނަ އަހަރު ޖޫން މަހު ފަހުކޮޅުއެވެ. އެދުވަހުގެ ހަރާކާތް އިންތިޒާމުކޮށްފައި ވަނީ ވަން-ފުވައްމުލައް އެންޖީއޯއިން ނެވެ.

ވަން-ފުވައްމުލައް. ފުވައްމުލައް އަތިރިމަތި ސަފުކުރުމުގެ ހަރަކާތް. 20 ޖޫން 2020 ގައި ޗައިނާގެ ދެފަތުރުވެރިން ކަމަށްވާ އެމާއާއި ޓޮމް.

އެއްފަހަރާ ބޭނުންކުރާ ޕްލާސްޓިކް ބޭނުން ނުކުރުމަށާއި، އެކިތަންތަނަށް ކުނި ނޭޅުމަށާއި، ރާއްޖެ ކުނިން ސަލާމަތް ކުރުމަށާއި، އިންސާނުން އުފައްދާ ކުނިން ދުނިޔެ ރައްކާތެރި ކުރުމަށް ޗައިނާގެ ފަތުރުވެރިޔާ އެމާ ފާއިތުވެި އަހަރުގެ ގޮންޑުދޮށް ސާފުކުރުމުގެ ހަރަކާތަށް ފަހު އެދިފައިވެއެވެ.

ވަން-ފުވައްމުލައް އިން ކުރިން ހާމަކޮށްފައިވާ ގޮތުގައި ފުވައްމުލަކަށް ޒިޔާރަތްކުރާ މެހުމާނުންނަށް ރަށުގެ ތިމާވެށީގެ ރީތިކަމާއި ނާޒުކުރުން ވަޒަންކުރެވެއެވެ.

“އަހަރެމެން އަހަރަމެންގެ ބައި ފުރިހަމަކޮށް، ޒިންމާދާރުމާއެކު އުފައްދާ ކުނި އުކާލުމާއި ކަނޑައެޅިފައިވާ ގޮތްތައް ބޭނުންކުރޭ. ރިސައިކްލް- ރިޔޫޒް- ރެޑިއުޒް” ގެ ގޮތްތައް ބޭނުން ކުރުމަށް ވަން-ފުވައްމުލައް އިން އެދިފައިވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !