ރަސްމީ އިދަރާތަކުން ނަގަންޖެހޭ ހުއްދަ ނުނަގާ އިއްޔެ ފުވައްމުލަކަށް ދަތުރުކުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމުގެ މައުލޫމާތު އިތުބާރު ހުރި ފަރާތަކުން މިކަލް ނޫހަށް ކަށަވަރު ކޮށްދީފިއެވެ. އޭނާ ފުވައްމުލަކަށް އައީ ވީޑިއޯ ޝޫޓިން އަކަށް ކަމަށް ވެއެވެ.
އެމީހާއަކީ މާލެއިން ފުރައިގެން ފްލައިޓުގައި އިއްޔެ އައި މީހެއްކަމަށް ވެއެވެ. އޭނާ ފުވައްމުލަކަށް އައީ މާލޭގާއި ހުންނަ ގޭގެ ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކޮންޓެކްޓް ޓްރޭސިންގައި އޭނާގެ ސާމްޕަލް ވެސް ދީފައި ކަމަށް ވެއެވެ. އަދި އޭނާ ޕޮޒިޓިވްވި ކަން އެނގުނީ ފުވައްމުލަކަށް ދަތުރުކުރި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާއާއި އެއް ފްލައިޓެއްގައި ދަތުރުކޮށް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބަލާ ހިސާބުގައި ތިބި 4 މީހަކު މިހާރު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. މުޅިއެކު 12 ވަރަކަށް މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށް ވެއެވެ. އަދި ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ދާކަމަށް މައުލުމާތު ލިބެއެވެ.
މި ކޭސް އާއި ގުޅިގެން އެފްލައިޓުން ފުވައްމުލަކަށް ދަތުރުކުރި ބައެއް މީހުން ކޮންޓެކްޓް ޓްރޭސިންގައި އެއްބަރުލުން ނުދޭން ފުރަތަމަކޮޅު އުޅުނުކަމަށް ވެއެވެ. ނަމަވެސް ފަހުން އެއްބާރުލުން ދީފައިވެއެވެ.
ޕޮޒިޓިވްވި މީހާ ފުވައްމުލައް ސިޓީއަށް ދަތުރުކޮށްފައި ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި ޚިލާފަށް ހުއްދަނުހޯދައި ކަމަށް ޔަގީންކަމާއެކު މައުލޫމާތު ލިބެއެވެ. މިދުވަސްވަރު ހުއްދަ ނުނަގާ ދަތުރުކުރާ މީހުން ޖޫރިމާނާ ކުރެއެވެ. އެގޮތުން 5000 (ފަސް ހާސް) ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.
އޭނާ ޕޮޒިޓިވް ވެފައިވަނީ މާލެއިން ކަމުން އިއްޔެގެ ފުވައްމުލައް ސިޓީއިން އިއްޔެ ނެރުނު ކޮވިޑް-19 އަޕްޑޭޓް ނަމްބަރުތަކުގައި އޭނާގެ ހިމެނިފައި ނުވާކަމަށް ބެލެވެއެވެ.
ކޮވިޑް-19 އަޕްޑޭޓް
ކޮވިޑް-19 ގެ އަޕްޑޭޓް ތަކަށް ބަލާއިރު ފާއިތުވީ 7 ދުވަހުގެ ތެރޭގައި ވެސް ފުވައްމުލައް ސިޓީއިން އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެކްޓިވް 2 ކޭސް އަދިވެސް އެބަތިއްބެވެ. އެއީ މިއަދު ރަށުްނ ފާހަގަ ކުރެވުނު (އިމްޕޯޓެޑް) ކޭސް އާއި ނުލައެވެ. މިހާތަނަ ފުވައްމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 74 އެވެ. ވުމާއެކު 72 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މާލެއިން އައިސް ހުރި މީހަކު ޕޮޒިޓިވް ވިކަން އެނގިފައިވާތީ އެކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިެވސް ކުރިޔަށް އެބަދެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ވެސް ބަލި މީހަކު ބާއްވާފައެއް ނުވެއެވެ.
އިއްޔެ ނެގި ސާމްޕަލް 6
މިހާތަނަށް ނެގި ޖުމްލަ ސާމްޕަލް 9142
ވެކްސިން އަޕްޑޭޓް
އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2381 މީހުން
މިއީ ރަށުގައި ދިއިރުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %22.2 އެވެ.
އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5662 މީހުން
މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.2 މީހުންނެވެ.
ޚިޔާލުތައް
ދިވެހި ބަހުން ޙަބަރު ލިޔުއްވަވާ