މިއަދު ވެސް ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް 26 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އިއްޔެގެ ހަވީރު 5:00 އިން މިއަދު ހަވީރު 5:00 އަށް ޕޮޒިޓިވްވެފައި ވަނީ ކޮންޓެކްޓުންގެ ތެރެއިން ކޮންޓެކްޓުގެ މީހުންގެތެރެއިން 10 މީހާކާއި، ރެންޑަމް ސާމްޕަލިންގެ 13 މީހަކާއި ފުލޫ ކްލިނިކަށް ދައްކައިގެން ސާމަޕަލް ނެގި 3 މީހެކެވެ. ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ނިސްބަތަށް ބަލާއިރު އިއްޔެ %15 ޕޮޒިޓިވް ވި އިރު މިއަދު %17 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވު ވެފައެވެ.
ފާއިތުވީ ތިން ދުވަހާއި އޭގެ ކުރީގެ ތިން ދުވަހުގެ އެވުރެޖަށް ބަލާއިރުވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް އުޅެނީ %15 އާއި %17 ދެމެދުގެ ނިސްބަތެއްގައެވެ. ބައެއް ދުވަސްދުވަހު ޕޮޒިޓިވުވާ މީހުންގެ އަދަދު ކުޑަކޮށް ދަށަށް ޖެހިލިނަމަވެސް، އަދިވެސް ކޮވިޑަށް ޕޮޒިޓިވުވާ މީހުންގެ ނިސްބަތް ދަށަށްދާ ކަމަކަށް ނުބެލެވެއެވެ.

ކޮވިޑް-19 ބައްޔަށް ފެތުރެމުން ދާ ނިސްބަތް % އިން – 4 ޖޫން 2021
އިއްޔެ ޕޮޒިޓިވުވެފައިވަނީ 12 ދިވެއްސަކާއި 14 ބިދޭސީއެކެވެ. ފުވައްމުލަކުގައި ދިރިއުޅޭ ދިވެހިންނަށްވުރެ ބިދޭސީންގެ އަދަދު ނިސްބަތުން ވަރަށް މަދުވެފައި ކޮވިޑަށް ޕޮޒިޓިވުވާ ބިދޭސީން ގިނަވުމަކީ ބިދޭސީ އާބާދީގައި ކޮވިޑު ވައިރަސް ހަލުވިކަމާއިއެކު ފެތުރެމުންދާ ކަމުގެ ނިޝާނެވެ. މިހާރު ބޭރުމީހުންގެތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފުވައްމުލަކު ހޮސްޕިޓަލުންވެސް ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވައެވެ.
އިއްޔެގެ ޕޮޒިޓިވް ސާމްޕަލް ތަކަށް ބަލާއިރު ރޭންޑަމް ސާމްޕަލުން 10 މީހުނައި ފްލޫކްލިނިކަށް ދައްކައިގެން ޕޮޒިޓުވް 3 މީހުންނަށް ނަކީ ކޮވިޑް-19 ރަށުތެރޭގައި އޮތް މިންވަރު ހާމަކޮށްދޭ ދެއަދަދެވެ. މިދެ ނަމްބަރާއި ގުޅިގެން އިތުރު އެތައްބަޔަކަށް ބަލި ފެތުރިފައި އޮތުމަކީ ގާތްކަމެކެވެ.
މިއަދު ބަލިން ރަނގަޅުވެގެން ދޫކޮށްލި 30 މީހުނާއެކު ނަފުވައްމުލައް ސިޓީގައި ކޮވިޑް-19 އެކްޓިވް މީހުންގެ އަދަދު މިވަނީ 199
އަށް ދަށްވެފައެވެ. އެކްޓިވް ކޭސްތަކުގައި ހިމެނެނީ 80 ބިދޭސީންނައި 119 ދިވެހިންނެވެ. މިހާތަނަށް 366 މީހަކު ބަލިން ރަނގަޅުވެފެއެވެ. މިހާތަން ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލައަކީ 564 އެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ބަލިގެ އެއްވެސް މީހަކު ބަލީގައި އެނދުމަތިކޮށްގެން ފަރުވާދެމުން ނާދެއެވެ.
މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގައި ހިމެނެނީ ހޯމް ކަރަންޓީީން 5 ފްލޫކުލިނިކް 44 ކޮންޓްކްޓް ޓްރޭސިންގެ 131 ރެންޑަމް
ސާމަޕަލް 23 މީހުން ހިމެނެއެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އަބްސުﷲ ނާސިރު އާއި ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް ދީދީ އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ޚަދީޖާ އބްދުލް މަޖީދުއެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި 12 މީހުންގެ ތެރޭގައި ހިމެނެނީ:
ފްލޫ ކުލިނިކުން 3
ކޮންޓެކްޓުންގެ 10
ރޭންޑަމް ސާމްޕަލް 13
އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އެންމެ ގިނަ މީހުން ތިބީ މާދަޑުއަވަށުގައެވެ. މާދަޑުގައި 37 މީހުން ތިބިއިރު މިސްކިތްމަގުގައި 35 އަދި ހޯދަޑުގައި 33 މީހުން އެބަތިއްބެވެ.

ފުވައްމުލައ ސިޓީ އަވަށްތަކުގައި ކޮވިޑް އެކްޓިވް ކޭސްތައް ހުރި ގޮތް
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 236 (ކޮންޓެކްޓް ޓްރެސިން 140، ހޯމް ކަރަންޓީން 18، ފޫލް ކުލިނިކް، 9، ޓްރެވެލް 4، ރޭންޑަމް ސާމްޕަލް 83) ހަވީރު 5:00 ގެ ފަހުން ނެގި ސާމްޕަލް ތަކާއެކު 50 ރޭންޑަމް ސާމްޕަލް މިއަދު ނެގިފައިވެއެވެ.
ނަތީޖާ ނުލިބޭ 155
ނަތީޖާ ލިބުނު 276، ނަމަވެސް ހަވީރު 5:00 ގެ ފަހުން ވެސް ބައެއް ސާމްޕަލް ތައް ލިބިފައި އެބަހުރި ކަމަށް ހާމަކުރެއްވިއެވެ.
މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލައި ޕޮޒިޓިވްވާ ރޭޓް ހުރީ %19.1 ގައެވެ.
މިހާތަނަށް 12،902 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިހާތަނަށް މޮނިޓަރިން އަށް 500 ގެއެއް ލެވިފައި ވެއެވެ. މީގެ ތެރޭގައި ހައިރިސްކް 220 މީހަކާއި ރޯގާގެ އާލާމާތް ހުރި 465 މީހުން ހިމެނެއެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަރަންޓީނު ކުރުމަށް ފަހު 524 ދޫކޮށްލެފވިފައި ވެއެވެ.

ކޮވިޑް-19 ޖެހިފައިތިބި މީހުންގެ އުމުރުފުރާތައް 4 ޖޫން 2021
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
އިއްޔެ، ހުކުރު ދުވަހު ވެކްސިން ޖެހުން ކުރިޔަށް ނުގެންދެއެވެ.
އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން ޖޫރިމާނާ ކުރެވެ އަދަދުތައް
މާސްކް ނާޅާއިގެން 3 މީހުން
މަނާގަޑީގައި ދުއްވައިގެން 16 މީހުން
ކާފިއުގަޑީގައި ބޭރުގައި އުޅެގެން 15 މީހުން
ހުއްދަ ނެތި ބޭރުގައި އުޅެގެން 1 މީހަކު
އަދިވެސް ބަލީގެ ކޮންޓެކްޓުންާއި ޕޮޒިޓިވް ބިދޭސީ މަސައްކަތު މީހުން ލައްވައި މައްސަކަތް ކުރަމުން އަންނަކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި، އަދި ބިދޭސީން ރަށުތެރޭގައި އުޅޭކަމުގެ ރިޕޯޓްތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުން ތަކުރާރު ކުރިއެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަށް ފުލުހުނަށް ނުވަތަ ސިޓީ ކައުންސިލަށް އެންގުމަށް އެދިފައި ވެއެވެ.
އިއްޔެ އާންމުކުރި ތަފާސް ހިސާބު ދައްކާގޮތުން ކުރީގެ ދުވަހުގެ ހަވީރު 6 އިން ފެށިގެން އިއްޔެ ހަވީރު 6 އާއި ހަމައަށް ނަތީޖާ ލިބުނު 4،056 ސާމްޕަލްގެ ތެރެއިން 432 މީހަކު ކޮވިޑަށް ޕޮޒިޓިވުވެފައިވެއެވެ. މިއީ ފަހަކަށް އައިސް މިހާދަށަށް އަދަދުތައް ދިޔަ ދުވަހެވެ. މިއަދަދު ދަށްވެފައިވަނީ އެންމެ ގިނަ މީހުން ޕޮޒިޓިވުވާ މާލެއިން ޕޮޒިޓިވުވާ އަދަދު ދަށަށް ދިއުމުންނެވެ. މާލެއިން މިރޯގާ ޖެހުނީ 249 މީހަކަށެވެ. މީހުން ދިރިއުޅޭ އެހެން ރަށްރަށުން 154 މީހަކަށް މިރޯގާ ޖެހިފައިވާއިރު، ރިސޯޓުތަކުން 29 އާ ކޭސް ފެނުނެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 21،032 ގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 213 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
މިއަދުގެ މިހާތަނަށް ކޮވިޑު ޖެހިގެން ނިޔާވެފައިވަނީ 182 މީހެކެވެ.
ޚިޔާލުތައް