A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: މިއަދު ޕޮޒިޓިވްވި އަދަދު ދަށަށް – 10 މީހުން

މިރޭގެ ނޫސް ކޮންފަރެންސް - ފުވައްމުލައް ސިޓީ އީއޯސީ. 6 ޖޫން 2021

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީއިން މިއަދު ޕޮޒިޓިވް ވީ 10 މީހުންނެވެ. އެއާއެކު ބަލީގައި މިހާރު ބަލިފެތުރޭ މިންވަރު ހުރީ %5.7 ގައެވެ. އިއްޔެ މިއަދަދު ހުރީ %9.8 ގައެވެ.

މިއަދު ޕޮޒިޓިވްވި 10 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންއިން 7 މީހަކާއި، ފުލޫ ކުލިނިކުން 2 މީހަކާއި ރޭންޑަމް ސާމްޕަލިން އިން 1 މީހެކެވެ. މިއަދު 23 މީހަކު ބަލިން ރަނގަޅުވެ އެކްޓިވް ކޭސްގެ ޖުމްލަ ހުރީ 202 ގައެވެ. އެއީ 150 ދިވެހިންނާއި 77 ބިދޭސީންނެވެ. އަދި ބަލިން ރަނގަޅުވި ޖުމުލައަކީ 415 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 616 އަށް އަރާފައެވެ. މިބަލީގެ އެއްވެސް މީހަކަށް ފުވައްމުލަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ނުދާކަމަށާއި އައްޑޫ ސިޓީއަށް އިތުރު ފަރުވާއަށް ކުރިން ފޮނުވި 3 މީހުން ވެސް އަނބުރާ ރަށަށް އައި މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 2

ކޮންޓެކްޓުންގެ 7

ރޭންޑަމް ސާމްޕަލް 1

އެކްޓިވް މީހުންގެ ޖިންސަށް ބަލާއިރު 141 ފިރިހެނުންނާއި 61 އަންހެނުން ހިމެނެއެވެ. ޕޮޒިޓިވްވި ސާމަޕްލްތކާއި ގުޅިގެން 8 ގެއެއް މޮނިޓަރިންއަށް ލެވި 32 މީހަކު ހޯމް އައިސޮލޭޝަނަށް މިއަދު ލާފައިވެއެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލު ދީދީ އާއި އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދުއެވެ.

ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް

އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އެންމެ ގިނަ މީހުން ތިބީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 45، ދިގުވާނޑުގައި 31 އަދި ފުނާޑު 31 މީހުން އެބަތިއްބެވެ.

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 143 (ކޮންޓެކްޓް ޓްރެސިން 30، ހޯމް ކަރަންޓީން 13،  ފޫލް ކުލިނިކް، 6، އެކްޓިވް ސާވޭލަންސް 0، ރޭންޑަމް ސާމްޕަލް 94) ހަވީރު 5:00އަށް.

ނަތީޖާ ނުލިބޭ 152.

ނަތީޖާ ލިބުނު 174، (ކޮންޓެކްޓް ޓްރެސިން 53، ހޯމް ކަރަންޓީން 9،  ފޫލް ކުލިނިކް، 12، އެކްޓިވް ސާވޭލަންސް 1، ރޭންޑަމް ސާމްޕަލް 99)

މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލާއިރު ޕޮޒިޓިވްވާ ރޭޓް ހުރީ %5.7 ގައެވެ.

މިހާތަނަށް 13،407 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް

ފުރަތަމަ ޑޯޒް 5829

ދެވަނަ ޑޯޒް 3155

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !