މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 17 މީހުންނެވެ. މިއަދު ހަވީރު 5:00 އަށް ފާއިތުވި 24 ގަޑިއިރުގެ ތެރެގައި ޕޮޒިޓިވްވެފައި ވަނީ ރޭންޑަމް ސާމްޕަލްގެ 6 މީހާކާއި ކޮންކްޓުންގެ ތެރެއިން 11 މީހެކެވެ. އެއާއެކު ބަލިފެތުރޭ މިންވަރު މިވަނީ %10.6 އަށް އިތުުރުވެފައެވެ.
މިއަދު ޕޮޒިޓިވްވި 17 މީހުންގެތެރޭގައި ހިމެނެނީ ދިވެހި 11 މީހަކާއި އަދި ބިދޭސީ 6 މީހެކެވެ. މީގެތެރެއިން 5 ބިދޭސިން ޕޮޒިޓިވް ވެފައިވަނީ ރޭންޑަމް ސާމްޕަލްގެ ތެރެއިންނެވެ. މިހާރު ތިބި ކޮވިިޑް ބަލިމީހުންގެ ތެރެއިން އެކަކު ހާލަތު ދަށަށް ދާތީ ކޮވިޑް ފެސިލިޓީގައި މިއަދު އެޑްމިޓްކޮގެން ފަރުވާ ދެމުން އަންނަކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއްވިއެވެ. ފުރަމަތަމަ އެެޑްމިޓްކުރި އިރު އޮކްސިޖަން ލެވެލް ދަށް ނަމަވެސް މިހާރު އެކަން ހަމަޖެހި ބަލިމާހާގެ ހާލަތު ރަނގަޅުުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 9 ޖޫން 2021
މިއަދު ބައްޔަށް ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީން 0
ފްލޫ ކުލިނިކުން 6
ކޮންޓެކްޓުންގެ 11
ރޭންޑަމް ސާމްޕަލް 6/100
މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ. ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 200 އެވެ. މީގައި ހިމެނެނީ 136 ފިރިހެނުންނާއި 64 އަންހެނުންނެވެ. އެއީ 128 ދިވެހިންނާއި 72 ބިދޭސީންނެވެ. މިއަދާއި ހަމަޔަށް ބަލިން ރަނގަޅުވި ޖުމުލައަކީ 441 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 640 އަށް އަރާފައެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދު އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ އިތުރުން ފުވައމްުލަކު ހޮސްޕިޓަލުން ކްލިނިކލް ހެދް ޚަދީޖާ އަބްދުލް މަޖީދު އެވެ.
ފުވައްމުލައް ސިޓީގެ އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އަދިވެސް އެންމެ ގިނަ މީހުން ތިބީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 52، އަދި ދެވަނައަށް ފުނާޑުގައި 33 މީހުން އެބަތިއްބެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 168
ނަތީޖާ ނުލިބޭ 187
ނަތީޖާ ލިބުނު 160،

ކޮވިޑް-19 ފުވައްމުލައް ސިޓީ ސާމްޕަލް ތައް ޓެސްޓް ކުރެވެމުންދާ ގޮތް- 9 ޖޫން 2021
މިއާއެކު ޓެސްޓް ކުރުވެނު ސާމަޕްގެ އަދަދަށް ބަލާއިރު ޕޮޒިޓިވްވާ ރޭޓް ހުރީ %10.6 ގައެވެ.
މިހާތަނަށް 13،783 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
ފުރަތަމަ ޑޯޒް 5836
ދެވަނަ ޑޯޒް 3170
އުސޫލުތަކާއި ޚިލާފުވެގެން މިއަދު 25 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ.
ޚިޔާލުތައް