A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ސިޓީ ކައުންސިލުން އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު އެއްހަފުތާއަށް

ފުވައްމުލައް ސިޓީގައި ޖޫން މަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ރޭޓް ހުރިގޮތް (ނަތީޖާ ލިބުނު ސާމްޕލަގެ ނިސްބަތުން)

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު އެއްހަފުތާއަށް (11-18 ޖޫން 2021) ދިގު ދަންމާލައިފިއެވެ. ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުން މިފިޔަވަޅުތައް އިތުރަށް ދިގުދަންމާލީ ފުވައްމުލައް ސިޓީގެ ހާލަތު އެދެވޭގޮތަށް ރަނގަޅުވެފައި ނުވާތީއެވެ.

އެގޮތުން މިއަދު، 11 ޖޫން 2021 އިން ފެށިގެން ފުވައްމުލައް ސިޓީގެ ފިހާރަތަކާއި ވިޔަފާރި ގާޑިޔާތައް އިތުރު 1 ހަފުތާއަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. ފިހާރަތަކާއި ގާޑިޔަތައް ބަންދުކޮށްފައި ބަހައްޓާ މުއްދަތުގައި ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެން އެތަންތަނުން އޮންލައިންކޮށް ނުވަތަ ފޯނު މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކަށް އެއްޗެހި ގެންގޮސްދިނުމުގެ ޚިދުމަތް ނުވަތަ ޑެލިވަރީގެ ޚިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ޑެލިވަރީގެ ޚިދުމަތް ދެވެނީ ހަވީރު 6:00 އާއި ހަމައަށެވެ. ނަމަވެސް ފުވައްމުލައް ސިޓީގައި އަދިވެސް އާއްމުކޮށް ގެއިން ބޭރަށް ނުކުމެ އުޅުން ނުވަތަ ކާފިއުގެ ފިޔަވަޅުތައް ހަވީރު 4:00 އާއި ހަމަޔަށް ކުރިޔަށް ގެންދެއެވެ.

ހަމައެއާއެކު މީހުން ދިރިއުޅޭ ގޭގެއަށް ބިދޭސީން ގެންގޮސްގެން މަސައްކަތް ކުރުވުން ހުއްޓާލުމަށް އަންގާފައިވާ އެންގުން ވެސް 18 ޖޫން އާއި ހަމަޔަށް ދެމިގެން ދާނެއެވެ. ނަމަވެސް މީގެތެރޭގައި އެ ގެއެއްގައި ނިދައި، ކައިބޮއެ ހަދާ މީހުން އެމީހުން އެތިބޭ ތަނުގައި ކުރާ މަސައްކަތް ނުހިމެނޭ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

މީގެ އިތުުރުން، 7 ޖޫން 2021 އިން ފެށިގެން އިއުލާންކޮށްފައިވާ ބިދޭސިން ލައްވައި އެއްވެސް މަސައްކަތެއް ކުރުން ވަގުތީގޮތުން ހުއްޓާލުމުގެ ފިޔަވަޅު މި މޭއި މަހު 14 އަށް ހަމަވިޔަސް އެފިޔަވަޅުތައް ވެސް އިތުރު 1 ހަފުތާއަށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވުމާއެކު އެގޮތުން ބިދޭސީ މީހުންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުން 7-21 ޖޫން 2021 އަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. މީގެތެރޭގައި ވެސް ބިދޭސީން ދިރިއުޅޭ ތަނެއްގައި ނުވަތަ ނިދައި، ކައިބޮއެ ހަދާ ތަނުގައި ތިބެގެން، ބޭރަށް ނުދެވޭގޮތަށް ކުރާ މަސައްކަތް ނުހިމެނޭ ކަމަށް ސިޓީ ކައުންސިލުން ހަމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ގަވާއިދާއި ޚިލާފަށް ދިރިއުޅެ ބިދޭސިން ގަވާއިދަށް ފެއްތުމުގެ ގޮތުން މައުލޫމާތު ދިނުމަށް 2019ގައި ބޭއްވި ސެޝަނަކަށް ގިނަ އަދަދެއްގެ ބިދޭސިން ހާޒިރުވެފައި

މި ފިޔަވަޅުތައް އެޅީ ބިދޭސީންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ އަދަދު އިތުރުވަމުން ދިއުމާއި އެމީހުންގެ ސަލާމަތަށް ކުރަންޖެހޭ ކަމެއްގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ. ބިދޭސީންގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަކީ އެމީހުންނާއި ޒިންމާވާނެ ފަރާތެއް ނެތް މީހުން ކަމަށްވެފައި، އެމީހުންނަކީ ސިއްޙީ ޚިދުމަތް ހޯދަން ޖެހޭ ހާލަތްތަކުގައި އިންޝުއަރެންސުން ކަވަރުނުކުރާ އަދި އަމިއްލައަށް ބޭސްކުރުމުގެ ޚަރަދު ކުރުމުގައި ވެސް ދަތިތަކެއް ހުރި ފަރާތްތަކަށް ވާތީ އެމީހުންގެ ތެރެއިން ގިނަބަޔަކަށް ބަލިޖެހި ފަރުވާދޭން ޖެހިއްޖެނަމަ އެކަމުގެ ޒިންމާ ސިޓީ ކައުންސިލުން އުފުލަން ޖެހިދާނެކަމެއް ކަމަށްވާތީ އެމީހުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވެސް ހާމަކުރެއެވެ.

އަދި އެފަދަ މީހުން ލައްވާ މަސައްކަތް ކުރާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވެ އެމީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން މިދުވަސްކޮޅު އެމީހުން ލައްވައި މަސައްކަތް ނުކުރުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.

ފުވައްމުލައް ސިޓީން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި 15 މީހުންގެތެރޭގައި 6 ބިދޭސީން ހިމެނެއެވެ. އަދި މިހާރުތިބި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ތެރެއިން %35 ނުވަތަ 67/192 މީހުންނަކީ ބިދޭސީންނެވެ.

ނަމަވެސް ބިދޭސިންލައްވާ ކޮންމެހެން ދޭންޖެހޭ ޒަރޫރީ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ބިދޭސީން ބޭނުންކުރާ ފަރާތްތަކަށް ފުވައްމުލައް ސިޓީ އީއޯސިއިން ހުއްދަ ހޯދައިގެން ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހުއްދަ ދެނީ ވަކިކަންކަމަށް ބެލުމަށްފަހު ހަމައެކަނި ފިހާރަތަކުގެ ޑެލިވަރިއާއި ކާބޯތަކެތި ޑެލިވަރީކުރުމުގެ ޚިދުމަތް ދިނުމަށެވެ. އެގޮތުން ބަލާ ކަންކަމުގެ ތެރެގައި އެމީހުންނަކީ ވެކްސިން ޖަހާފައި ތިބި މިހުންތޯއާއި، އެއްވެސް ކޭސް އެއްގެ ކޮންޓެކްޓުންތޯ އަދި އެމީހުން ދިރިއުޅޭ ތަނުގެ ހާލަތާއި އެމީހުންނަކީ ގަވާއިދާއި އެއްގޮތަށް ތިބި ބައެއްތޯ ބަލާކަމަށް ކަމަށް ޑެރެކްޓާ އަލީ މަސީހު ވިދާޅުވެފައި ވެއެވެ.

މިއީ ރައްޔިތުންގެ ރައްކާތެރިކަމައްޓަކައި އަަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !