A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް އަޕްޑޭޓް: މިއަދު ޕޮޒިޓިވްވި ރޭޓް ދަށް – 10 ޕޮޒިޓިވް ކޭސް އާއެކު ރޭޓް ހުރީ %6.5 ގައި

ކޮވިޑް-19 ފުވައްމުލައް ސިޓީ ބަލި ޖެހޭ މީހުންނާއި ޕޮޒިޓިވްވާ ރޭޓް- 11 ޖޫން 2021

ފުވައްމުލައް ސިޓީއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި ރޭޓް މިވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އިއްޔެ %10 ގައި ހުރި ޕޮޒިޓިވްވާ ރޭޓް މިއަދު މިވަނީ  %6.5 އަށް ދަށްވެފައެވެ.

މިއަދު ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލުން ޕޮޒިޓިވްވި މީހަކު ނުހިމެނުއިރު 98 ރޭންޑަމް ސާމަޕް ޓެސްގެ ނަތީޖާ ނެގަޓިވްކޮށް ލިބިފައި ވެއެވެ. މިއަދުގެ ޕޮޒިޓިވް ކޭސްތަކަކީ މުޅިންވެސް ކޮންޓެކްޓުން ގެތެރެއިން  ޕޮޒިޓިވްވި މީހުންނެވެ. މީގައި ހިމެނެނީ ދިވެހި 8 މީހަކާއި އަދި ބިދޭސީ 2 މީހެކެވެ.

ކޮވިޑް ފެސިލިޓީގައި އެކަކު އެޑްމިޓްކޮގެން ފަރުވާ ދެމުން އަންނަކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ. އެބަލިމާހާގެ ހާލަތު ރަނގަޅުުވަމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލުން ކުރިން ހާމަކުރައްވާފައި ވެއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 11 ޖޫން 2021

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ޚަދީޖާ އަބްދުލް މަޖީދާއި ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަދި ފުވައްމުލައް ސިޓީ ކައުންސިލް ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ ބައިވެރިވެިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 0

ކޮންޓެކްޓުންގެ 10

ރޭންޑަމް ސާމްޕަލް 0/98

މިއަދު 26 މީހަކު ބަލިން ރަނގަޅު ވެފައެއް ނުވެއެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 176 އެވެ. މީގައި ހިމެނެނީ 116 ފިރިހެނުންނާއި 60 އަންހެނުންނެވެ. އެއީ 119 ދިވެހިންނާއި 57 ބިދޭސީންނެވެ. މިއަދާއި ހަމަޔަށް ބަލިން ރަނގަޅުވި ޖުމުލައަކީ 464 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 665 އަށް އަރާފައެވެ.

ފުވައްމުލައް ސިޓީގެ އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އަދިވެސް އެންމެ ގިނަ މީހުން ތިބީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 53، އަދި ދެވަނައަށް ފުނާޑުގައި 31 މީހުން އެބަތިއްބެވެ.

ފުވައްމުލައް ސިޓީ އަވަށްތަކުގައި ކޮވިޑް އެކްޓިވް ކޭސްތައް ހުރި ގޮތް. 11 ޖޫން 2021

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 78

ނަތީޖާ ނުލިބޭ 138

ނަތީޖާ ލިބުނު 155،

މިހާތަނަށް 13،975 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް 5839

ދެވަނަ ޑޯޒް 3176

އުސޫލުތަކާއި ޚިލާފުވެގެން މިއަދު 52 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !