ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދުތައް މިއަދުވަސް ދިޔައީ ދަށަށެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ 6 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވާ ރޭޓް މިވަނީ އިއްޔެގެ %6.5 އިން %4.4 އަށް ދަށްވެފައެވެ.
މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ރޭންޑަމް ސާމްޕަލުން ޕޮޒިޓިވްވި މީހަކު ނުހިމެނުއިރު 99 ރޭންޑަމް ސާމަޕް ޓެސްގެ ނަތީޖާ ނެގަޓިވްކޮށް ލިބިފައި ވެއެވެ. މިއަދުގެ ވެސް ޕޮޒިޓިވްވި ކޭސްތަކަކީ މުޅިންވެސް ކޮންޓެކްޓުން ގެތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މީގައި ހިމެނެނީ ދިވެހި 4 މީހަކާއި އަދި ބިދޭސީ 2 މީހެކެވެ.
ކޮވިޑް ފެސިލިޓީގައިއެޑްމިޓްކޮގެން ފަރުވާ ދެމުން އަންނަ މީހާގެ ހާލު ރަނގަޅު ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މިރޭ ވެސް ހާމަކުރިއެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ޚަދީޖާ އަބްދުލް މަޖީދާއި ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އަދި ފުވައްމުލައް ސިޓީ ކައުންސިލް ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުގެ ބައިވެރިވެިއެވެ.

ކޮވިޑް-19 ބައްޔަށް ފެތުރެމުން ދާ ދުވަހީ އަދަދުތައް – 12 ޖޫން 2021
މިއަދު ބައްޔަށް ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީން 0
ފްލޫ ކުލިނިކުން 0
ކޮންޓެކްޓުންގެ 6
ރޭންޑަމް ސާމްޕަލް 0/99
މިއަދުގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 17 ކޮންޓެކްޓުން ފާހަގަ ކުރެވި 5 ގެއެއް މޮނިޓަރިން އަށް ލެވިފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ.
މިއަދު 16 މީހަކު ބަލިން ރަނގަޅު ވެފައެއް ނުވެއެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 166 އެވެ. މީގައި ހިމެނެނީ 105 ފިރިހެނުންނާއި 61 އަންހެނުންނެވެ. އެއީ 113 ދިވެހިންނާއި 53 ބިދޭސީންނެވެ. މިއަދާއި ހަމަޔަށް ބަލިން ރަނގަޅުވި ޖުމުލައަކީ 506 އެވެ. އަދި މިހާތަނަށް ބަލި ޖެހުނު އަދަދު މިވަނީ 671 އަށް އަރާފައެވެ.
ފުވައްމުލައް ސިޓީގެ އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދުތައް ވެސް މިރޭ ހާމަކޮށްފައި ވެއެވެ. އަދިވެސް އެންމެ ގިނަ މީހުން ތިބީ ހޯދަޑު އަވަށުގައެވެ. ހޯދަޑު 54، އަދި ދެވަނައަށް ފުނާޑުގައި 30 މީހުން އެބަތިއްބެވެ.

ރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 12 ޖޫން 2021
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 98
ނަތީޖާ ނުލިބޭ 80
ނަތީޖާ ލިބުނު 136
މިހާތަނަށް 14،073 ސާމްޕަލް ނެގިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް 5839
ދެވަނަ ޑޯޒް 3176
އުސޫލުތަކާއި ޚިލާފުވެގެން މިއަދު 25 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ
ޚިޔާލުތައް