ކޮވިޑް-19އަށް މިއަދު ފުވައްމުލައް ސިޓީއިން ޕޮޒިޓިވްވީ 6 މީހުންނެވެ. މި 6 މީހުގެ ތެރޭގައި ރޭންޑަމް ސާމްޕަލްގެ މީހަކު ހިމެނިފައި ނުވާއިރު މިއަދުވެސް 100 ރޭންޑަމް ސާމަޕަލް ނެގަޓިވް ނަތީޖާ ލިބިފައެވެ. މިއަދު ޕޮޒިޓިވްވި 6 މީހުންނަކީ ވެސް ދިވެހިންނެވެ. ނަތީޖާ ލިބުނު ސާމްޕަލްގެ ނިސްބަތުން އިއްޔެއާއި މިއަދުވެސް ޕޮޒިޓިވްވެފައިވާ ރޭޓަކީ %3.9 އެވެ.
މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި 2 މީހަކާއި ހޯމް ކަރަންޓީނުގައި ތިއްބައި ބަލީގެ އަލާމާތް ފެނިގެން ފުލޫ ކްލިނިކުން ސާމްޕަލް ނަގައިގެން ޕޮޒިޓިވްވި 4 މީހެކެވެ.
މިހާރު ކޮވިޑް ފެސިލިޓިގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާދެމުން އަންނަކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ކްލިނިކަލް ހެޑް ޚަދީޖާ އަބްދުލް މަޖީދުއެވެ. ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ފުވައްމުލައް ސިޓީ ކައުންސިލް ޑިރެކްޓާއަލީ މަސީހު މިރޭގެ ނޫސް ކޮންފަރެންސްގައި މައުލޫމާތު ދެއްވިއެވެ.
އާއްމު އުސޫލެއްގެ ގޮތުން ބިދޭސިން ލަައްވައި މަސައްކަތްކުރުވުން މަނާކުރެވިފައި އޮތް އޮތުމަށް ލުއިތަކެއްދީ ސިޓީ ކައުންސިލުން ހުއްދަ ދޫކުރާ ފަރާތްތަކަށް ކަނޑައެޅޭ ތަންތަނުގައި މަސައްކަތް ކުރުވުމަށް ފުރުސަތު ދެމުންދާކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި ހާމަކޮށްފައި ވެއެވެ.
އިއްޔެ ބައްޔަށް ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީން 0
ފްލޫ ކުލިނިކުން 4
ކޮންޓެކްޓުންގެ 2
ރޭންޑަމް ސާމްޕަލް 0/100
މިއަދު ޕޮޒިޓިވްވި 6 މީހުންނާއި ގުޅިގެން 9 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާ ކަމަށާއި 4 ގެއެއް މޮނިޓަރިން އަށް ލާފައިވާ ކަމަށް ހާމަކުރެއްވިއެވެ.
އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 29 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 130 އެވެ. އެއީ 96 ދިވެހިންނާއި 30 ބިދޭސީންނެވެ. އެމީހުންގެ ޖިންސީ ނިސްބަތަށް ބަލާއި ހިމެނެނީ 77 ފިރިހެންނުންނާއި 53 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 571 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 600 ގައެވެ.
އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދު އަދިވެސް އެންމެ ގިނައީ ހޯދަޑު އަވަށުގައެވެ. ދަޑިމަގު 13 ދިގުވާދު 18، ހޯދަޑު އަވަށުގައި 35، މާދަޑު 5މީހުން އަދި މިސްކިތްމަގު 12ފުނާޑު، 26 މާލެގަން 10 ދޫނޑިގަން 11 މީހުން އެބަތިއްބެވެ.
ކޮންޓެކްޓުންގެ ތެރެއިން 20 މީހުންނާއެކު މުޅި ޖުމުލަ 29 މީހަކު މިއަދު ކަރަންޓީނުން ދޫކޮށްފައި ވެއެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 16 ޖޫން 2021
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 128 (ރޭންޑަމް 73)
ނަތީޖާ ނުލިބޭ 148
ނަތީޖާ ލިބުނު 158
މިހާތަނަށް 14،474 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮސްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 2 އާއެކު ޖުމުލަ 5845
ދެވަނަ ޑޯޒް: މިއަދު 2 އާއެކު ޖުމުލަ 3195
ރަށުތެރެ ބެލެހެއްޓުން
ކާފިއުއާއި އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް މޮނިޓާ ކުރުމުގެ ގޮތުން ރަށުގެ 8 އަވަށުގައި ފުލުހުންގެ އިތުރުން ވޮލަންޓިއަރުން ވެސް ހަރަކާތްތެރިވަމުން ދެއެވެ.
އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 48 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައަިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ.
ޚިޔާލުތައް