މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 8 މީހުންނެވެ. މިގެތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ވެސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފއިވާ ފަރާތްތަކެއް ކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި ހާމަކުރެއްވިއެވެ. އަދިމިއަދު ނަތީޖާ ލިބުނު 50 ރޭންޑަމް ސާމްޕަލްގެ ތެރެއިން 1 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި 6 ދިވެހިން ހިމެނޭއިރު 2 ބިދޭސީ މީހުން ހިމެނެވެ. ނަތީޖާ ލިބުނު ސާމްޕަލްގެ ނިސްބަތުން މިއަދު ޕޮޒިޓިވްވެފައިވާ ރޭޓް މިވަނީ %11.1 އަށް އިތުރު ވެފައެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލުގެ އިތުރުން ޑިރެކްޓާ އަލީ މަސީޙު އެވެ.
މިއަދު ފިހާރަތަކަށް މީހުން ވައްދައިގެން ވިޔަފަރިކުރުމަށް ހުޅުވާލުމުން 69 ފަރާތަކުން އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ހުއްދައަށް އެދިފައިވާ ކަމަށާއި އެއިގެތެރެއިން 40 ފިހާރައެއް ބަލައި ހުއްދަ ދެވިފައިވާ ކަމަށް ޑިރެކްޓާ މަސީޙު ވިދާޅުވިއެވެ. އަދި ބާކީ ހުރި 29 ފިހާރަ ބެލުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރިޔަށް ގެންދާނެކަމަށް ވިދާޅުވިއެވެ. ހުއްދަ ދިނުމުގެ ގޮތުން ފިހާރައިގެ ދޮރުކައިރީގައި ހުއްދަ ދިންކަމުގެ ލިޔުމާއި އެފިހާރައަކަށް އެއްފަހަރާ ވަދެވޭނެ މީހުގެ އަދަދު އެލިޔުމުގަިއ ހިމަނާފައި ވާނެކަމަށެވެ. ހިފިހާރަތައް ހުޅުވުމަށް ހުއްދަ ދިނުމުގައި ބަލަނީ އެޗްޕީއޭއިން މިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި މީގެ ކުރިން ސިޓީ ކައުންސިލުން ނެރެފައިވާ އުސޫލަށް ފިހާރައިގެ ކަންކަން ހަމެޖެހިފައިވޭ ތޯ ކަމަށެވެ. މިއަދު ބައެއް ފިހާރަތައް ކަނޑައާލފައިޥާ މިންގަޑަށް ނުފެތޭތީ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

މިރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 18 ޖޫން 2021
އިއްޔެ ބައްޔަށް ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީން 0
ފްލޫ ކުލިނިކުން 0
ކޮންޓެކްޓުންގެ 8
ރޭންޑަމް ސާމްޕަލް 1/50
މިއަދު ޕޮޒިޓިވްވި 8 މީހުންނާއި ގުޅިގެން 9 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާ ކަމަށާއި 4 ގެއެއް މޮނިޓަރިން އަށް ލާފައިވާ ކަމަށް ހާމަކުރެއްވިއެވެ.
އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 15 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 115 އެވެ. އެއީ 90 ދިވެހިންނާއި 25 ބިދޭސީންނެވެ. އެމީހުންގެ ޖިންސީ ނިސްބަތަށް ބަލާއި ހިމެނެނީ 62 ފިރިހެންނުންނާއި 52 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 605 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 719 ގައެވެ.
އަވަށްތަކުގައި މިހާރު ބަލީގެ އެކްޓިވް މީހުން ތިބި އަދަދު އަދިވެސް އެންމެ ގިނައީ ހޯދަޑު އަވަށުގައެވެ. ދަޑިމަގު 18 ދިގުވާޑު 9، ހޯދަޑު އަވަށުގައި 25، މާދަޑު 5 މީހުން އަދި މިސްކިތްމަގު 12 ފުނާޑު، 31 މާލެގަން 9 ދޫނޑިގަން 6 މީހުން އެބަތިއްބެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 27
ނަތީޖާ ނުލިބޭ 96
ނަތީޖާ ލިބުނު 72 (ރޭންޑަމް 50)
މިހާތަނަށް 14،684 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 0 އާއެކު ޖުމުލަ 5845
ދެވަނަ ޑޯޒް: މިއަދު 5 އާއެކު ޖުމުލަ 3200
ރަށުތެރެ ބެލެހެއްޓުން
ކާފިއުއާއި އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން ސިޓީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް މޮނިޓާ ކުރުމުގެ ގޮތުން ރަށުގެ 8 އަވަށުގައި ފުލުހުންގެ އިތުރުން ވޮލަންޓިއަރުން ވެސް ހަރަކާތްތެރިވަމުން ދެއެވެ.
އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 49 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ.
ހޯމްކަރަންޓީނު ކުރެވިފައިވާ މީހަކު ކަރަންޓީނު އުސޫލާއި ތަކުރާރުކޮށް ޚިލާފުވުމުގެ ސަބަބުން މިއަދު އޭނާ ވަނީ 13000 (ތޭރަ ހާސް) ރުފިޔާ އިން ޖޫރިމާނާ ކުރެވިފައި ކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި ހާމަކުރެއްވިއެވެ.
ޚިޔާލުތައް