A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: މިއަދު ޕޮޒިޓިވްވީ 10 މީހުން، އޭގެތެރޭގައި ގުޅުންނެތް 3 ކޭސް

ރޭގެ ނޫސް ކޮންފަރެންސް - ފުވައްމުލައް ސިޓީ އީއޯސީ. 20 ޖޫން 2021

މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 10 މީހުންނެވެ. މީގެތެރޭގައި ގުޅުމެއް ނެތް 3 މީހުން ހިމެނެއެވެ. ދެން ތިބި 7 ކޭސް އަކި ކޮންޓެކްޓުންގެ 6 އާއި ހޯމްކަރަންޓީން 1 ކޭސް އެވެ.

މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން 7 މީހުނަކީ ދިވެހިން އަދި 3 ބިދޭސީއިން ކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއްވިއެވެ. މިއަދު ނަތީޖާ ލިބުނު 33 ރޭންޑަމް ސާމްޕަލްގެ ތެރެއިން އެއްމީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއާއެކު މިއަދު ނަތީޖާ ލިބުނު 108 ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވްވެފައިވާ ރޭޓް މިވަނީ %9.3 އަށް ދަށްވެފައެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ސިނިއާ ޕަބްލިކް ހެލްތު އޮފިސާ އާމނަތު އަހުމަދު އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ގެ އިތުރުން ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 1

ފްލޫ ކުލިނިކުން 1

ކޮންޓެކްޓުންގެ 6

އެކްޓިވް ސާވޭލަންސް 1

ރޭންޑަމް ސާމްޕަލް 1/33

މިއަދު ޕޮޒިޓިވްވި 10 މީހުންގެ ތެރެއިން ކުރިގެ ކޭސްތަކާއި ގުޅުމެއް ނެތި އަދި ހޯމްކަރަންޓީން ނޫންގޮތަށް ޕޮޒިޓިވް ވި 3 ކޭސް އާއި ގުޅިގެން 20 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާ ކަމަށާއި، 9 ގެއެއް މޮނިޓަރިންއަށް ލާފައިވާ ކަމަށް ހާމަކުރެއްވިއެވެ.

އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 5 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 118 މައްޗަށް ޖެހިލާފައެވެ. އެއީ 94 ދިވެހިންނާއި 24 ބިދޭސީންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 617 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 729 ގައެވެ.

ރޭގެ ނޫސް ކޮންފަރެންސް – ފުވައްމުލައް ސިޓީ އީއޯސީ. 20 ޖޫން 2021

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 133

ނަތީޖާ ނުލިބޭ 103

ނަތީޖާ ލިބުނު 108 (ރޭންޑަމް 33)

މިހާތަނަށް 14،967 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: މިއަދު 7 އާއެކު ޖުމުލަ 5852

ދެވަނަ ޑޯޒް: މިއަދު 7 އާއެކު ޖުމުލަ 3207

ރަށުތެރެ ބެލެހެއްޓުން

އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 36 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !