A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް-19 އަޕްޑޭޓް: މިއަދު ޕޮޒިޓިވްވި އަދަދު ވަރަށް ބޮޑުތަން ދަށްވެއްޖެ

ރޭގެ ނޫސް ކޮންފަރެންސް - ފުވައްމުލައް ސިޓީ އީއޯސީ. 21 ޖޫން 2021

މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އަދަދު ވަރަށް ބޮޑަށް ދަށް ވެއްޖެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވީ 3 ދިވެހިންނެވެ. މިއީ މުޅިންވެސް ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ނަތީޖާ ލިބުނު 67 ރޭންޑަމް ސާމްޕަލްގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެއާއެކު މިއަދު ނަތީޖާ ލިބުނު 103 ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވްވެފައިވާ ރޭޓް މިވަނީ %2.9 އަށް ދަށްވެފައެވެ. މިއީ ފާއިތުވި 3 ހަފުތާއަށް ބަލާއިރުވެސް ޕޮޒިޓިވްވީ ރޭޭޓް އެންމެ ދަށްވި މިންވަރެވެ.

ކޮވިޑްގެ ދެވަނަ ރާޅާއެކު ފުވައްމުލައް ސިޓީއިން ޕޮޒިޓވް ވި އަދަދުތައް

މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ސިނިއާ ޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ގެ އިތުރުން ޑިރެކްޓާ އަލީ މަސީހު ބައިވެރިވިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 3 މީހުންގެ ތެރޭގައި ހިމެނެނީ:

ހޯމް ކަރަންޓީން 0

ފްލޫ ކުލިނިކުން 0

ކޮންޓެކްޓުންގެ 3

އެކްޓިވް ސާވޭލަންސް 0

ރޭންޑަމް ސާމްޕަލް 0/67

މިއަދު ޕޮޒިޓިވްވި 3 މީހުންގެ ގުޅިގެން އިތުރު އެއްވެސް މީހަކު ކޮންޓެކްޓުންގެ ގޮތުގައި ނެތް ކަމަށާއި އަދި އިތުރު ގެއެއް ކަރަންޓީނު ކުރެވިފައި ނުވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.

އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ 17 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 104 މައްޗަށް ޖެހިލާފައެވެ. އެއީ 83 ދިވެހިންނާއި 21 ބިދޭސީންނެވެ. މީގައި ހިމެނެނީ 56 ފިރިހެން އަދި 48 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 639 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 742 ގައެވެ.

 

ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 208 (ރޭންޑަމް 123)

ނަތީޖާ ނުލިބޭ 175

ނަތީޖާ ލިބުނު 103 (ރޭންޑަމް 67)

މިހާތަނަށް 15،175 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: މިއަދު 1 އާއެކު ޖުމުލަ 5853

ދެވަނަ ޑޯޒް: މިއަދު 7 އާއެކު ޖުމުލަ 3214

ރަށުތެރެ ބެލެހެއްޓުން

އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 45 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !