ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހނަގެ އަދަދު ވަރަށ ްބޮދުތަން ދަސް ވެއްޖެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވީ 1 ދިވެއްސަކު އެކަންޏެވެ. މިއަދު ބައްޔަށ ޕޮޒިޓިވްވާ ރޭޓް މިވަނީ %0.8 އަށް ދަށްވެފައެވެ.
މިއަދު ނަތީޖާ ލިބުނު 100 ރޭންޑަމް ސާމްޕަލްގެ ތެރެއިން ވެސް އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މިރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވެފައެއް ނުވެއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ އަލީ މަސީހު ބައިވެރިވިއެވެ.

ފުވައްމުލައް ސިޓީގައި ޖޫން މަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވާ ރޭޓް ހުރިގޮތް (ނަތީޖާ ލިބުނު ސާމްޕަލްގެ ނިސްބަތުން)
މިއަދު ބައްޔަށް ޕޮޒިޓިވްވި 1 މީހުންގެ ތެރޭގައި ހިމެނެނީ:
ހޯމް ކަރަންޓީން 0
ފްލޫ ކުލިނިކުން 0
ކޮންޓެކްޓުންގެ 1
އެކްޓިވް ސާވޭލަންސް 0
ރޭންޑަމް ސާމްޕަލް 0/100
މިއަދު ބަލިން ރަނގަޅުވެފައި ވަނީ 10 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 84 މިވަނީ ދަށްވެ އެވެ. މީގައި ހިމެނެނީ 43 ފިރިހެން އަދި 41 އަންހެނުންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 664 ގައި ހުރިއިރު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 747 ގައެވެ.

ކޮވިޑް-19 ޖެހިފައި މިހަރު ތިބި މީހުންގެ އުމުރުފުރާތައް 23 ޖޫން 2021
އެކްޓިވް ކޭސްތަކުގައި އެންމެ ގިނައިން މިހާރު ތިބީ 18 އަހަރުން ދަށުގެ (32) މީހުނެވެ. އަދި ދެވަނައަށް ތިބީ 31-50 އަހަރާއި ދެމެދުގެ (28) މީހުން ކަމަށް އިއޯސީއިން ހާމަކުރައްވައެވެ.
ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 187 (ރޭންޑަމް 102)
ނަތީޖާ ނުލިބޭ 127
ނަތީޖާ ލިބުނު 179 (ރޭންޑަމް 100)
މިހާތަނަށް 15،478 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 2 އާއެކު ޖުމުލަ 5856
ދެވަނަ ޑޯޒް: މިއަދު 4 އާއެކު ޖުމުލަ 3224
ރަށުތެރެ ބެލެހެއްޓުން
އުސޫލުތަކާއި ޚިލާފުވެގެން އިއްޔެ ފުލުހުން 55 މީހަކު ޖޫރިމާނާ ކޮށްފައި ވެއެވެ. މީގެތެރޭގައި މާސްކު ނާޅައިގެން ޖޫރިމާނާ ކުރެވުނު މީހުންނާއި، މަނާ ގަޑީގައި ބޭރުގައި އުޅެގެން ޖޫރިމާނާ ކުރެވުނު މީހުނާއި އެއްފަހަރާ 3 މީހުނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުމުގެ ސަބަބުން ޖޫރިމާނާ ކުރި މީހުން ވެސް ހިމެނެއެވެ
ޚިޔާލުތައް