ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް މިއަދު ވެސް ޕޮޒިޓިވްވީ އެންމެ މީހެކެވެ. އެއާއެކު ނަތީޖާ ލިބުނު ސާޕްޕަލްގެ ނިސްބަތުން ބައްޔަށް ޕޮޒިޓިވްވާ ރޭޓް އިއްޔެ އާއި މިއަދުވެސް މިވަނީ %0.7 ގައެވެ.
މިއަދު ނަތީޖާ ލިބުނު 100 ރޭންޑަމް ސާމްޕަލްގެ ތެރެއިން ވެސް އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ރެންޑަމް ސާމްޕަލުން މީހަކު ޕޮޒިޓިވް ނުވެ މިހާރު ޖެހިޖެހިގެން 6 ދުވަސް ވީއެވެ. ފާއިތުވި 4 ދުވަހު ވެސް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކޮންޓެކްޓުންގެ 5 މީހުންނެވެ.
ކޮވި-19 އަށް މިހާރު ފުވައްމުއްލައް ސިޓީއިން ޕޮޒިޓިވްވާ އަދަދުތައް މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއާއެކު މިއަދުން ފެށިގެން ކާފިއުގެ ވަގުތު މިވަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށް ކުރުކޮށްފައެވެ.
މިރޭ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސް ކޮންފަރެންސް ނުބާއްވައެވެ. ރެއިން ފެށިގެން ނޫސް ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައިވަނީ ދެރެއިން އެއް ރެއްއެވެ. އެގޮތުން ދެން ނޫސް ކޮންފަރެންސް އޮންނީ މާދަމާ ރެއެވެ.

ކޮވިޑް-19 އަށް ފުވައްމުލައް ސިޓީއިން ސާމަޕްލް ނެގުން 26-27 މެއި 2020
މިއަދު ބަލިން ރަނގަޅުވެފައި ވަނީ 6 މީހެކެވެ. އެއާއެކު ބަލީގައި މިހާރު ތިބި މީހުން ޖުމްލަ އަކީ 65 އެވެ. މީގައި ހިމެނެނީ 59 ދިވެހިންނާއި 6 ބިދޭސީންނެވެ. ބަލިން ރަނގަޅުވި ޖުމުލަ 687 ގައި ހުރިއިރު މުޅިއެކު ބަލި ޖެހުނު ޖުމްލަ އަދަދު މިވަނީ 751 ގައެވެ.
އަވަށްތަކުގައި އެކްޓިވް ކޭސްތައް ހުރި ވަރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބި ފުނާޑު އަވަށުގައި 19 މީހުން ތިބިއިރު ދެވަނަ އަށް ދަޑިމަގުގައި 15 މީހުން، ދިގުވާޑުގައި 6، ހޯދަޑު 9، މާދަޑު 3، މިސްކިތްމަގު ޕޮޒިޓިވް މީހަކު ނެތް، މާލެގަމު 3 އަދި ދޫނޑިގަމު 10 މީހުން އެބަތިއްބެވެ.
މިއަދުގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 103 (ރޭންޑަމް 67)
ނަތީޖާ ނުލިބޭ 122
ނަތީޖާ ލިބުނު 139 (ރޭންޑަމް 100)
މިހާތަނަށް 15،852 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު -، އާއެކު ޖުމުލަ 5865
ދެވަނަ ޑޯޒް: މިއަދު -، އާއެކު ޖުމުލަ 3236
ޚިޔާލުތައް