މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ފޮޒިޓިވްވީ 5 މީހުންނެވެ. އެއިގެތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވް އެއްކޭސް އާއި ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވްވި 4 ކޭސް އެެވެ. މިއަދު ޕޮޒިޓިވްވި 5 މީހުންނަކީ ވެސް ދިވެހިންނެވެ.
މިއަދު ބަލިން ރަނގަޅުވި 11 މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު މިހާރު ހުރީ 50 ގައެވެ. އެއީ 44 ދިވެހިންނާއި 6 ބިދޭސީން ނެވެ. އޭގެ ތެރޭގައި ރެންޑަމް ސާމްޕަލް، ފްލޫ ކްލިނިކުން އަދި އެކްޓިވް ސާވޭލަންސްގެ ތެރެއިން ޕޮޒިޓިވްވި 11 މީހުން ހިމެނެއެވެ. ދެން ހިމެނެނީ ހޯމް ކަރަންޓީނުން ޕޮޒިޓިވްވި މީހަކާއި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވި ޕޮޒިޓިވްވި 38 މީހެކެވެ.
މިތާހަނަށް ފުވައްމުލައް ސިޓީއިން ބަލި ޖެހިފައިވާ ޖުމްލަ އަދަަކީ 760 މީހުންނެވެ. އެއިގެތެރެއިން 711 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި ފުވައްމުލައް ސިޓީއިން އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް މިހާރު އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމްލަ 3 މީހުންނެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.
ފުވައްމުލައް ސިޓީގެ މީހުން ކާފިއު ޙާލަތުގައި ގެއިން ބޭރަށް ނުނިކުމެވި ތިބޭތާ މިހާރު 2 މަސް ދުވަސް ވާން ކަރިއިވީއެވެ. ގިނަބަޔަކު އެދިގެން ތިބީ އެޗްޕީއޭގެ މޮނިޓަރިން އުވާލާނެ ދުވަހަކަށެވެ. މޮނިޓަރިންގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހު 6 ހިސާބުގައެވެ.
އަވަށްތަކުގައި އެކްޓިވް ކޭސްތައް ހުރި ވަރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބި ދޫނޑިގަން އަދި ދަޑިމަގު އަވަށުގައި 10 މީހުން ތިބިއިރު ހޯދަޑު އަދި ފުނާޑުގައި 7، މާދަޑު އަދި މިސްކިތްމަގު 5، ދިގުވާޑު އަދި މާލެގަމުގައި 3 މީހުން އެބަތިއްބެވެ.
މިރޭގެ ރޭންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެން މޮނިޓަރިން އިން ނެގުމަށް ގުނާ މުއްދަތު އަނެއްކާވެސް އިތުރުވެގެން ދާނެއެވެ.
މިރޭގެ ފުވައްމުލައް ސިޓީ އީއޯސީގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސީނިއާ ޕަބްލިކް ހެލްތު އޮފިސާ އާމިނަތު އަހުމަދު އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު އާއި ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވިއެވެ.
މިއަދުގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 144 (ރަށުތެރޭ 99)
ނަތީޖާ ނުލިބޭ 135
ނަތީޖާ ލިބުނު 34 (ރަށުތެރޭ 20)
މިހާތަނަށް 16،085 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: މިއަދު 4، އާއެކު ޖުމުލަ 5873
ދެވަނަ ޑޯޒް: މިއަދު 4، އާއެކު ޖުމުލަ 3252
ޚިޔާލުތައް