A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް އަޕްޑޭޓް: އިއްޔެ ފުވައްމުލައް ސިޓީއިން ޕޮޒިޓިވްވީ ކޮންޓެންކްޓުންގެ މީހެއް

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. 2 ޖުލައި 2021

އިއްޔެ ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކޮންޓެކްޓުންގެ ބިދޭސީ މީހަކު އެކަންޏެވެ. އަދި 6 މީހަކު ބަލިން ރަނގަޅުވެ މިހާރު އެކްޓިވް ކޭސްގެ އަދަދު ވަނީ 29 އަށް ދަށްވެފައެވެ. އެކްޓިވް ކޭސްތަކުގައި ހިމެނެނީ 26 ދިވެހިންނާއި 3 ބިދޭސީން ނެވެ.

މިއަދު ބަލިން ރަނގަޅުވި 6 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ އަކީ 737 އެވެ. އަދި ބަލި ޖެހިފައިވާ ޖުމްލަ އަދަދު ހުރީ 762 ގައެވެ. އެކްޓިވް ކޭސްގެތެރޭގައި ހިމެނެނީ ރަށުތެރޭގެ ސާމްޕަްަތަކުން ޕޮޒިޓިވްވެފައިވާ 5 މީހުނާއި ހޯމްކަރަންޓިނު އަދި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ 24 މީހުންނެވެ. ރަށުތެރޭގެ ސާމްޕަލްތަކުގެ ގޮތުގައި ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލް، ފްލޫ ކްލިނިކުން އަދި އެކްޓިވް ސާވޭލަންސްގެ ތެރެއިން ނެގޭ ސާމްޕަލް ތަކެވެ.

ބަލީގައި ފުވައްމުލައް ސިޓީއިން އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް މިހާރު އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމްލަ 3 މީހުން ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ޕޮޒިޓިވްވާ ރޭޓް. 2 ޖުލައި 2021

ފުވައްމުލައް ސިޓީގެ އަވަށްތަކުގައި އެކްޓިވް ކޭސްތައް ހުރި ވަރަށް ބަލާއިރު އެންމެ ގިނަ މީހުން ތިބީ ފުނާޑު 7، ދަޑިމަގު 6، މިސްކިތްމަގު 5، މާދަޑު 4، ދޫނޑިގަން 3،  ހޯދަޑު އަދި ދިގުވާޑު 2 އަދި މާލެގަމުގައި ބަލިގެ މީހަކު ނެތެވެ.

މާލޭގައިނަމަވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވަނީ ލުއިތައް ދިނުމަށް ހާލަތަކު ދިރާސާ ކުރައްވަމުން ގެންދަވާކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ފުވައްމުލަކު އީއޯސީއިން ލުއި ދިނުމުގައި ފަސްޖެހިފައިވާ ކަމަށް ބުނެ އާއްމު މީހުންގެ ކަންބޮޑުވުން ފާޅުކުރަމުން އާދެއެވެ. އެގޮތުން ޚާއްސަކޮށް މިއަދުން ފެށިގެން މާލޭގައި ވިޔަފާރިތަކަށާއި އާއްމުންނަށް ބޮޑެތި ލުއިތަކެއް ދީފައިވާ އިރު އެލުއިތައް ފުވައްމުލައް ސިޓީގެ މީހުންނަށް ނުލިބުމުގެ ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރުމުންނެވެ.

ރޭ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސް ކޮންފަރެންސް ނުބާއްވައެވެ. މިހާރު ނޫސް ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ދެރެއިން އެއް ރެއްއެވެ. އެގޮތުން ދެން ނޫސް ކޮންފަރެންސް އޮންނީ މިރެއެވެ.

މިއަދުގެ ސާމްޕަލް ޓެސްޓްކުރުން

އަލަށް ނެގި ސާމްޕަލް 132 (ރަށުތެރޭ 113)

ނަތީޖާ ނުލިބޭ 156

ނަތީޖާ ލިބުނު 146 (ރަށުތެރޭ 102)

މިހާތަނަށް 16،646 ސާމްޕަލް ނެގިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ރަޖިސްޓްރީވެފައިވާ ޖުމްލަ އާބާދއަކީ، 30 ޖޫން 2021 ގެ ނިޔަލަށް 13،290، ނަމަވެސް ތަފާތު އެކިއެކި މައުލޫމާތު ތަކަކަށް ބަލައިގެން ރަށުގައި ދިރިއުޅޭ ކަމަށް އަންދާޒާކުވިފައި ވަނީ 7،735 މީހުންނެވެ. އެއީ ބިދޭސީން ވެސް ހިމަނައިގެންނެވެ. އެގޮތުން ބަލާއިރު ފުރަތަމަ ޑޯޒް މިވަނީ %75.3 މީހުންނަށް ޖެހިފައެވެ. ބާކީ ނުޖެހި ތިބި ބޮޑު އާބާދީއަކީ 18 އަހަރުން ދަށުގެ ކުދިން ކަމަށް ބެލެވެއެވެ. ނަމަވެސް ދެވަނަ ޑޯޒް ޖެހިފައިވަނި %42.2 މިހުންނަށެވެ. ފުރަތމަ ޑޯޒް ޖެހުމަށްފަހު 2 ވަނަ ޑޯޒް ނުޖެހި ތިބި ބޮޑު އާބާދީއަކީ ކޮވިޝިލްޑް ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ޖަހަން ފުރުސަތު ނުލިބިފައިވާ މީހުންނެވެ.

ކޮވިޑް-19 ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައިވާ މިންވަރު 2 ޖުލައި 2021، ނޯޓް: ދިރިއުޅޭ އާބާދީއަށް ބަލާފައި ވަނީ ލަފާކުރެވޭ އަދަދެއް.

ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)

ފުރަތަމަ ޑޯޒް: އިއްޔެ -، އާއެކު ޖުމުލަ 5875

ދެވަނަ ޑޯޒް: އިއްޔެ -، އާއެކު ޖުމުލަ 3262

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !