A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީގައި ސްޓެމް ލެބަކާއި ސްކިލް ލެބެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި – އެޑިއުކޭޝަން މިނިސްޓަރު

ޏ.އަތޮޅު ތައުލީމީ މަރުކަޒު. ފޮޓޯ: އޭއީސީ ފޭސްބުކް ޕޭޖް

ޏ. އަތޮޅު ތައުމީމީ މަރުކަޒާއި ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީނު ސްކޫލުގައި އިތުރު ކުޅިވަރު ފެސިލިޓީތައް ގާއިމުކުރުމާއި ސްޓެމް ލެބަކާއި ސްކިލް ލެބެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ތައުލީމާއި ބެގޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްލަބް ހައުސް މެދުވެރިކޮށް ކުރިއަށްގެންދިޔަ އެ ޕާޓީގެ ތަޢުލީމާ ބެހޭ ސިޔާސަތުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްލަބު ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. އައިޝަތު އަލީ ވިދާޅުވީ “މި ތަންތަނުގައި ސްޕޯޓްސް ފެސިލިޓީސް ހުންނާނެ. ސްޓެމް ލެބަކާއި ސްކިލް ލެބެއް ހުންނާނެ. އާ ހުނަރުތަކާއި ކުޅިވަރުތައް ދަސްކޮށްދިނުމުގެ މަސައްކަތުގެ ދަށުން ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލްގައި ޤާއިމްކުރާ ސްޕޯޓްސް ލެބުން ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހުންނާނެ” ކަމަށެވެ. މިކަމަށް ބޭނުންވާ ބަޖެޓްވެސް ލިބިފައިވާ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި އެތަންތަނުގައި އިންސާނީ ވަޞީލަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރު ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ސްޕޯޓްސް ފެސިލިޓީތައް ތަރައްޤީކުރުމާއި ރަސްމީ ތަޢުލީމުގެ ތެރެއަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމް ހިމެނުން ހިމެނޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !