ފާއިތުވި ހަފުތާގައި ރަށުތެރެ ސާމަލުން 7 މީހުން ޕޮޒިޓިވްވެފައި ވުމުން ފުވައްމުލައް ސިޓީ އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. އެއީ މި ޖުލައިމަހު 18 އާއި 21 އަދި 22 ގައި ފްލޫ ކުލިނިކަށް ދައްކައިގެން ޕޮޒިޓިވްވި 7 މީހެކެވެ.
މިއަދު ވަނީ ފުވައްމުލައް ސިޓީގެ ކާފިއުގެ ވަގުތުތައް އަނެއްކާވެސް ކުރުކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން ކާފިއުގެ ވަގުތަކީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އިއްޔެ ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 3 ދިވެހިންނެވެ. އެއީ ކޮންޓެކްޓުންގެ ގޮތުގައި ތިބި 3 މީހެކެވެ. އެއާއެކު މިޙާރު ފުވައްމުލައް ސިޓީގައި ތިބީ އެކްޓިވް 49 މީހުންނެވެ. މި 49 މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި 3 ބިދޭސީން ނެވެ. މި 49 މީހުން ގެ ތެރޭގައި ހިމެނެނީ ފްލޫ ކުލިނިކުން ޕޮޒިޓިވްވި 11 މީހަކާއި، ކޮންޓެކްޓުންގެ 38 މީހެކެވެ.
މޮނިޓަރިން އިން ނެގުމުގައި އެރަށެއްގެ ރަށުތެރޭގެ ސާމްޕަލެއް ޕޮޒިޓިވެ ނުވެ ޖެހިޖެހިގެން 14 ދުވަސް ވާން ޖެހޭ ކަމަށް ވެއެވެ. ރަށުތެރޭގެ ސާމަޕަލްތަކުގެ ގެގޮތުގައި މިބަލަނީ ރޭންޑަމް، ފްލޫ ކުލިނިކް، އަދި އެކްޓިވް ސާވޭލަންސް ތެރެއިން ނަގާ ސާމްޕަލް ތަކެވެ. ނަމަވެސް، އައްޑޫ ސީޓީ މޮނިޓަރިން ނެގިއިރުވެސް ރަށުތެރޭގެ ސާމްޕަލްތަކުން މީހުން ޕޮޒިޓިވްވަމުން ގޮސްފައިވެއެވެ. ވުމާއެކު ފުވައްމުލައް ސިޓީ މޮނިޓަރިންގައި ފާއިތުވި މޭމަހުގެ ފުރތަމަ ހަފުތާއިން ފެށިގެން އޮންނާތީ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާރު އެކްޓިވް ކޭސްތައް ތިބި އަވަށްތަކަކީ މިސްކިތްމަގު 24 އާއި ދިގުވާޑު 10، މާދަޑު 8، މާލެގަން 4، ހޯދަޑު 2 އަދި ދޫނޑިގަން 1 އެވެ.
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 63 (ރަށުތެރޭ 50)
ނަތީޖާ ނުލިބޭ 36
ނަތީޖާ ލިބުނު 81 (ރަށުތެރޭ 53)
މިހާތަނަށް 18،901 ސާމްޕަލް ނެގިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކޮވިޑް ޑޭޝްބޯޑުގައި ހާމަކޮށްފައި ވެއެވެ. މިވަގުތު ކޮވޑް-19 އެކްޓިވް ކޭސްތައް ތިބީ ފުވައްމުލައް ސިޓީގެ 5 އަވަށެއްގައެވެ.
މިބަލީގައި ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ސީރިއަސް ޙާލަތުގައި ވެސް އެއްވެސް މީހަކު ނެތެވެ. ބަލީގެ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީއަށް ފޮނުވީ ޖުމުލަ 3 މީހުން ވެސް ބަލިން ވަނީ ރަނގަޅު ވެފައެވެ.
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: އީދުގެ ފަހުން 11 އާއެކު ޖުމުލަ 5952
ދެވަނަ ޑޯޒް: އީދުގެ ފަހުން 29، އާއެކު ޖުމުލަ 4381

މި ޖުލައި މަހު ވެކްސިން ޖެހި މީހުން – ފުވައްމުލައް ސިޓީ. 25 ޖުލައި 2021
ޚިޔާލުތައް