ހާފިޒު އަހުމަދު ސްކޫލަށް އަލަށް ހަމަޖެއްސި ޕްރިންސިޕަލް ކުރިޔަށް އޮތް ހަފުތާތެރޭގައި ފުވައްމުލައް ސިޓީއަށް އަންނާނެ ކަމަށް އިތުބާރުހުރި ފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
ޕްރިންސިޕަލަކު ނެތި ދުވަސްތަކެއް ވުމަށްފަހު އެސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީއިން ހަމަޖައްސާފައި ވަނީ ފ. ބިލެތްދޫ ސްކޫލުކުގެ ޕްރިންސިޕަލްކަން ކުރަމުން އައި އިމްތިހާޒު އަހުމަދު އެވެ. އިމްތިހާޒު އަކީ ބިލެއްދޫއަށް ނިސްބަތް ވާ މީހެކެވެ. އުނގަންނައި ދިނުމުގެ ރޮނގުން މަތީ ތައުލީމުގެ އެކި ހަރުފަތްތައް އޭނާ ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގައި މާސްޓާ އޮފް އެޑިއުކޭޝަން ހާސިލުކޮށްފައި ވެއެވެ. އަދި އެ ޔުނިވާސިޓީގައި ކިޔެވި ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯހުގެ އިމްތިހާޒުގެ ބެޗުން އެއްވަނަ ހޯދާފައި ވެއެވެ.

އިމްތިހާޒް އަކީ ތައުލީމީ އަދި ދާއިރާގެ ތަޖުރިބާ ހުރި ޕްރިންސިޕަލެއް
އިމްތިހާޒު އަހުމަދަކީ 2008 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި ސެކަންޑަރީ ޓީޗަރެއްގެ ހައިސިއްޔަތުން މަސަައްކަތް ފައްޓަވައި އަދި ފަހުން ލީޑިން ޓީޗަރު ކަމާއި ޕްރިންސިޕަލް ކަންވެސް ކުރައްވައި، ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކެވެ.
ބިޒިނަސް ސްޓަޑީޒް އަދި އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗެލަސް ޑިގްރީ ހާސިލް ކުރައްވައި ބިޒިނެސް ސްޓްރީމުގެ މާއްދާތައް ކިޔަވައިދެއްވުމުގައި ކާމިޔާބު ޙާސިލުކޮށްފައިވާ ފަރާތެކެވެ. އެގޮތުން ސެންޓްރަލް ރީޖަން( ކ، ވ، މ، ފ، ދ، ތ އަދި ލ) ގެ ސްކޫލްތަކުން އެންމެ ފުރަތަމަ ޖީސީއީ އޭލެވެލް އެކައުންޓިން މާއްދާއިން، %100 ހާސިލުކޮށް ދުނިޔޭގެ އެއްވަނަ ހާސިލުކޮށްފައި ވަނީ އިމްތިހާޒުގެ ދަރިވަރެކެވެ. އަދި އިމްތިޔާޒު ސެކަންޑަރީ ތައުލީމާއި ހަޔަ ސެކަންޑަރީ ތައުލީމު ހާސިލުކުރެއްވި އިރުވެސް މަތީ ނާތީޖާ ތަކެއް ހާސިލުކޮށްފައި ވެއެވެ.

އިމްތިހާޒު 2019ގައި ބޭއްވުނު ސްކޫލްތަކުގެ ވެރިންގެ ބައްދަލުވުމުގައި (ވ.)
ފުވައްމުލަކުގައި ނުކުންނަ އޮންލައިން ނޫހަކުން ޕްރިންސިޕަލް އިމްތިހާޒު އާއި ބެހޭ ގޮތުން ‘ޔޯލަ’ ވާހަކަތައްކެއް ދައްކައި އޭނާގެ އަގުވައްޓާލައި، ބެލެނިވެރިންގެ މެދުގައި އިތުބާރު ގެއްލުވާލުމުގެ މަސައްކަތަކެއް ކުރަމުން އަންނީ ސިޔާސީ ބޭނުމެއްގައި އެފަރާތުން އެދޭ ފަރާތަކަށް ހޭޒްގެ ޕްރިންސިޕަލް ކަން ހޯދައިދިނުމަށް ކުރާ މަސައްކަތެއްގެ ގޮތުން ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތަކުން ހާމަކުރިއެވެ. އަދި އެފަދަ ވާހަކަތައް ފުވައްމުލައް ސިޓީގެ ބެލެނިވެރިން ބަލައިނުގަންނާނެކަން އޭނާ ހާމަކުރިއެވެ.

އިމްތިހާޒު – އާއި ކުރީގެ ހޭޒްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ތައުލީމީ ދާއިރާގެ ވެރިންގެ ބައްދަލުވުމުގައި 2019
އަދި އޭނާ ހޭޒަށް އައުން ހުއްޓާލާފައި ވާކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއާއި ހަވާލާދީ މައުލޫމާތު ފެތުރީ ނުބައިކޮށްކަމަށާއި ޕީއެސް ދެއްވި މައުލޫމާތު އޮޅުވާލައިގެން ކަމަށާއި އަދި އެކަން އިސްލާހު ކުރުމަށް ޕީއެސް އެނޫހަށް އަންގާފައިވާކަމުގެ މައުލޫމާތު ވެސް މިކަލް ނޫހަށް މައުލޫމާތު ދިން އެޑިއުކޭޝަންގެ އިސްފަރާތަކުން ހާމަކުރެއްވިއެވެ.
ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އަކީ ފުވައްމުލައް ސިޓީގައި މިވަގުތުހުރި އެންމެ ގިނަ ދަރިވަރުން ތިބި ސްކޫލެވެ. އެސްކޫލުގައި 750 އަށްވުރެ ގިނަ ދަރިވަރުންނާއި 80 ޓީޗަރުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހޭޒްގެ ގްރޭޑްތަކުގައި ދަރިވަރުން ތިބި އަދަދު – 2019އަށް
ޚިޔާލުތައް