މިއަދު، އޮކްޓޫބަރު 5 އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ވެސް ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މިދުވަހެވެ. އޮކްޓޫބަރު 5 އެވެ. މިދުވަހަކީ ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިންނަށް ޚާއްސަ އުފާވެރިކަމެއް ގެނެސްދޭ ދުވަހެކެވެ. އެގޮތުން ދުވަހާއި ގުޅޭ ގޮތުން ސްކޫލް ޒީނަތްތެރިކުރުމާއި ދުވާހާއި ގުޅިގެން މުދައްރިސުންނަށް ދުވަހުގެ ހެޔޮއެދުން ފޮނުވުމާއި، ގްރީޓީން ކާޑު ދިނުން ފަދަ ކަންތައްތައް ތަކުރާރުވެއެވެ.
ކޮވިޑް-19ގެ ބޮޑު ބަންދުތަކެއްގެ ތެރޭގައި އެއްއަހަރު އޮންލައިންކޮށް “ޓީޗާސް ޑޭ” ފާހަގަ ކުރުމަށްފަހު މިއަހރު ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ވަނީ މިދުވާހާއި ގުޅިގެން ހަރަކާތްތަކެއް ކުރިޔަށް އެބަގެންދެއެވެ. އެގޮތުން މުދައްރިސުންނަށް ހަދިޔާ ދިނުމާއި ދުވަހުގެ ޚާއްސަ ލަވަކިޔުމާއި، އެއްނެމް އެއްކުލައަކުން ހެދުންއަޅުމާއި އެއްބައެއްގެ ގޮތުގައި ތިބިކަން ދެއްކުމުގެ ހަރަކާތްތައް ވެސް ހިމެނެއެވެ.
އަދި ޓީޗަރުންގެ ދުވަހުގެ ޚާއްސަ ޑިނާ ނައިޓްތަކާއި ކުޅިވަރު ހަރަކާތްތަކުން ޓީޗަރުންނަށް ހިނިތުން ވެފައިވާ މަންޒަރު ފެނެއެވެ. ޓީޗަރުންގެ ދުވަހީ މަސައކަތްތަކަކީ ބުރަ އަދި އުނދަގޫ މުޅި އަހަރުތެރައަށް އެގޮތުގައި ދެމިގެންދާ މަސައްކަތެކެވެ. އަދި އެމަސައްކަތްތަކުގެ ބުރަކަމާއި ޖާވާބުދާރީ ވުން ދުވަހުން ދުވަހަށް ހިމެނޭއިރު މަސައްކަތުގެ ބުރަމާޙާއުލުން ޓީޗަރުންގެ ވިސްނުން ކުކުދަނަމަވެސް ވަގުތުކޮލަކަށް ދުރުކޮސްލަދޭ ދުވަހަކަށް ޓީޗާސްޑޭ ވާނެކަމަށް ބެލެވެއެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރުގެ އަޅުގަނޑުގެ ތަރުޖަމާއަކީ އުނގަންނައިދިނުން އާއްމު ޙަލަތަކަށް ގެނައުމުގެ ނާރެހުގައި ތިބީ މުދައްރިސުން އެވެ. ޔުނެސްކޯ، ނެރެފައިވާ މިޝިއާރު އިނގިރޭސި ބަހުން ގެނެސްދީފައި ވަނީ “ޓީޗާސް އެޓް ދި ހާޓް އޮފް އެޑިއުކޭޝަން ރިކަވަރީ” މިހެންނެވެ. މި ޝިއާރުން ބޮޑަށް ބާރުއަޅާނާީ ކޮވިޑް-19ގެ ދޮޅުއަހަރަށްފަހު ތައުލީމީދާއިރާ އަލުން ކުރިއެރުވުމަށް ޓީޗަރުންނަށް އެހީތެރިކަން ދިނުމުގެ މައްޗަށެވެ.
އަދިވެސް ދިވެހިރާއްޖެއާއި ފުވައްމުލައް ސިޓީއިން ވެސް ކޮވިޑް-19 އިން މުޅިން ސަލާމަތް ނުވެއެވެ. ނަމަވެސް އާއްމު ހާލަތަކަށް ދިރިއުޅުމުގެ ހަރަޚާތްތައް ބަދަލުކުރެވި ކިޔަވައިދިނުން ސްކޫލްތަކުގައި ވަނީ ފަށާފައެވެ.
މުދައްރިސުންގެ ދުވަސް އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ފާހަގަ ކުރި ނަމަވެސް މުދައްރިސުންނަށް ދިމާވާ މައްސަލަތަަކަށް ހައްލު ހޯދާދެވިފައެއް ނުވެއެވެ. އެގޮތުން މުދައްރިސުންގެ އޯވާޓައިމް މަސައްކަތުގެ އުޖޫރަ %10 އަށް ދަސްކުރި ގޮތަސް އެއަދަދުގައި ވިނީ ހިފެހެއްޓިފައެއްވެ. ނަމަވެސް ދައުލަތުގެ އެހެން މަގާމުތަކުގައި ތިބި މުދައްރިސުންނަށް ވުރެ ލުއިކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އޯވަޓައިމް ފައިސާ ގާނޫނުގައިވާ ގޮތަށް ލިބެމުން ދެއެވެ. މިފަދަ އެތައް މައްސަލަތަކެއް އަދިވެސް ހައްލު ހޯދާދެވިފައި ނެތްކަން ފާހަގަކުރަނީ މުދައްރިސުންގެ ހައްގު ހޯދާދިނުމަށް ވަކާލާތު ކުރަމުންނެވެ.
ދާދީ ފަހުން މުދައްރިސުން ހިމެނޭ ގޮތުން ސިވިލް ސާވިސް މުވައްޒަފުން ވަނީ އެފަދަ ކަންކަމާއި ގުޅިގެން އިހުތިޖާޖުވެސް ކޮށްފައެއްވެ. ކޮވިޑް-19ގެ ދަތިތަކާއެކު ގައުމުގެ އާމްދަނީ ދަށްވެފައިވުމުން ސަރުކާރުން މާލީގޮތުން ބޮޑެތި ބަދަލުތަކެއް މިވަގުތު ގެންނަން ދަތިތަކެއް ވެސް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް އެހާލަތުން އަރައގަންނަމުންް ދާއިރު ޓީޗަރުންނަށް އެމީހުންގެ ހައްގުތައް ދިނުމަށް އިތުރަށް އުއްމީދުތަކެއް ވެސް ދޭން ޖެހެއެވެ. ނުވަތަ އުޖޫރަ އެހެން މުވައްޒަފުންނާއި އެއްއުސޫލަކުން ލިބޭނެ ދުވަހެއް ކަނޑައެޅިގެން ދިއުމަކީ އެމީހުންގެ މައްސަލަތަކަށް ހައްލު ހޮދުމަށް ކުރިވެދާނެ މުހިންމު އެއްކަމެވެ.
ޚިޔާލުތައް