ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުން ކުރިޔަށްގެންދާ އަންހެނުންގެ ހޭންޑްބޯލް މުބާރާތް ފުރަތަމަ ދުވަހުގެ ދެމެޗުން ޕޮލިސް ޓީމާއި ހާފިޒް އަހުމަދް ސްކޫލު (ހޭޒް)ގެ ޓީމު މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ފުވައްމުލަކު ޕޮލިސް ޓީމާއި އެފްސީސީ-ފުވައްމުލަކު ނޭޗާ ޕާކް ޓީމެވެ. މިމެޗު 5 ގޯލު 3 ގޯލުން ކާމިޔާބުކުރީ ފުވައްމުލަކު ޕޮލިސް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ ޖާޒީ ނަމްބަރު 10 މާޔާއެވެ.

ހެންޑްބޯޅަ މުބާރާތް 2021: ޕޮލިސް5 -3 އެފްސީސީ
މިއަދު ހަވީރު ކުޅުނު 2ވަނަ މެޗުގައި ވާދަކުރީ ހޭޒް ޓީމާއި ޏ.އޭއީސީގެ ޓީމެވެ. މިމެޗު 10 ގޯލު 6 ގޯލުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހޭޒްގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޭޒް ޓީމުގެ ޖާޒީ ނަމްބަރު 13 ސުދާ އެވެ.

ހޭންޑްބޯލަ މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން- ހޭޒްގެ ގޯލް ކީޕަރު
މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ވާދަ ކުރެއެވެ. މި 8 ޓީމު ވަނީ ގްރޫޕް އޭ އާއި ގްރޫޕް ބީއަށްބަހާލާފައެވެ. އެގިތުން މިއަދު ކުޅުނީ ގްރޫޕް އޭގެ ދެމެޗެވެ. މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެމެޗެއެވެ.
މާދަމާ، 29 ނޮވެމްބަރު 2021ގައި ކުޅެނީ:
ހަވީރު 3:45 ގައި ޏ.ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު އާއި އެމްޖޭއެސް
ހަވީރު 4:50 ގައި ފުވައްމުލަކު ސްކޫލް (އެފްއެސް) އާއި ބްރަޓްވޭ-ފުވައްމުލައް

ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ ހޭޒްގެ އާއިޝަތު ސުދާ
މުބާރާތުގެ ގަވާއިދުގައި ވާ ގޮތުން ކޮންމެ ޓީމަކަށްވެސް ކުޅެވެނީ އެމުއައްސަސާއެއްގެ މުވައްޒަފުންގެ އިތުރުން 4 ކުޅުންތެރިއަކަށެވެ. އަދި އެއްފަހަރާ ދަނޑަށްކުލެން އެރޭނީ އޭގެ ތެރެއިން 3 ކުޅުންތެރިއަކަށެވެ.
މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދއިއުމަށް ހަމޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 4 އަށެވެ.
ގިނަ ސްޕޮންސަރުންގެ އެހީ އާއެކު ކުރިޔަށްގެންދާ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވައިލްޑް ސްޓޯން ކޯޑް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި އައިބޭގެ އިތުރުން އެއިޑާ ވެސް ހިމެނެއެވެ.

ހެންޑްބޯޅަ މުބާރާތް 2021: ޕޮލިސް5 -3 އެފްސީސީ
މުބާރާތުގެ ޓީމުތައް
ގްރޫޕް އޭ
ފުވައްމުލަކު ޕޮލިސް
ފުވައްމުލައް ނޭޗާ ޕާކް
ހާފިޒް އަހުމަދު ސްކޫލް (ހޭޒް)
ޏ.އޭއީސި
ގްރޫޕް ބީ
ޏ.ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު
މުހމައްދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)
ފުވައްމުލަކު ސްކޫލް (އެފްއެސް)
ބްރަޓްވޭ-ފުވައްމުލައް
ޚިޔާލުތައް