މިހާރު ކުރިޔަށްދާ ވައިލްޑް ސްޓޮން ކޯޑް ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ އަންހެނުންގެ ހޭންޑްބޯލް މުބާރާތް ދެވަނަ ދުވަހުގެ ދެ މެޗުން އެމްޖޭއެސް ޓީމާއި ބްރަިޓްވޭ-ފުވައްމުލަކުގެ ޓީމު މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ވާދަކުރީ އެމްޖޭއެސް ޓީމާއި ޏ.ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ ޓީމެވެ. މިމެޗު 9 ގޯލު 5 ގޯލުން ކާމިޔާބުކުރީ އެމްޖޭއެސްގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޖެއެސް ޓީމުގެ ނަބީލާ ޖަލީލުއެވެ.

މިއަދުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ: އެމްޖޭއެސްގެ ނަބީލާ
މިއަދު ހަވީރު ކުޅުނު މުބާރާތުގެ 4ވަނަ މެޗުގައި ވާދަކުރީ ބްރައިޓްވޭ ޓީމާއި ފުވައްމުލަކު ސްކޫލުގެ ޓީމެވެ. މިމެޗު 6 ގޯލު 1 ގޯލުގެ ކާމިޔާބުކުރީ ބްރައިޓްވޭ-ފުވައްމުލައް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްރައިޓްވޭ ޓީމުގެ ޚަދީޖާ އަޙުމަދު އެވެ.

މިއަދުގެ 2ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ: ބްރައިޓްވޭ ޓީމުގެ ކަދީޖާ އަހުމަދު
މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ވާދަ ކުރެއެވެ. މި 8 ޓީމު ވަނީ ގްރޫޕް އޭ އާއި ގްރޫޕް ބީއަށްބަހާލާފައެވެ. އެގިތުން މިއަދު ކުޅުނީ ގްރޫޕް އޭގެ ދެމެޗެވެ. މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެމެޗެއެވެ.
މާދަމާގެ ފުރަތމަ މެޗުގައި ޕޮލިސް އައި ހޭޒް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް އެގުރޫޕުން ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.
މާދަމާ، 29 ނޮވެމްބަރު 2021ގައި ކުޅެނީ:
ހަވީރު 3:45 ގައި ފުވައްމުލައް ޕޮލިސް ޓީމް އާއި ހޭޒްގެ ޓީމު
ހަވީރު 4:50 ގައި ފުވައްމުލަކު ނޭޗާ ޕާކް ޓީމު އާއިޏ.އެއީސީގެ ޓީމު

މޭޔަރު މުބާރާތް ބައްލަވާލައްވަނި
މިމުބަރާތަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދއިއުމަށް ހަމޖެހިފައިވަނީ މި ނޮވްމްބަރު މަހު 27 އިން ޑިސެމްބަރު މަހުގެ 4 އަށެވެ.
ގިނަ ސްޕޮންސަރުންގެ އެހީ އާއެކު ކުރިޔަށްގެންދާ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ވައިލްޑް ސްޓޯން ކޯޑް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި އައިބޭގެ އިތުރުން އެއިޑާ ވެސް ހިމެނެއެވެ.
ޚިޔާލުތައް