A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމަށް 10 އަހަރުފުރުން ފާހަގަކޮށްފި

ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމަށް 10 އަހަރުފުރުން ފާހަގަކޮށްފިއެވެ. ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ފައިސަލް އާއި ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުންނާއި ފުވައްމުލަކު ކްރިކެޓް ކޮމިއުނިޓީގައި ހިމެނޭ ފަރާތްތަކުން ބައިވެރިވިއެވެ.

ފުވައްމުލަކު ކްްރިކެޓް ސްޓޭޑިއަމުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ރާއްޖޭގެ ކްރިކެޓް ކުރިއެރުމުގައި ފުވައްމުލަކު ހިއްސާ ފާހަގަކޮށް ހަދާނީ ފިލައެއް ފުވައްމުލަކު ސިޓީ ކައުންސިލަށް ހަވާލުކޮށްދެއްވިއެވެ. މިފިލާ ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ފައިސަލެވެ. ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުން މިފިލައާއި ހަވާލުވެވަޑައިގަތީ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީއެވެ. “ފާއިތުވި 10 އަހަރު ތެރޭގައި “ސާކް އަންޑަރ 23″ ކްރިކެޓް ޓޯނަމެންޓް ވެގެންގޮސްފައިވަނީ މިހާތަނަށް ބައިނަލްއަގުވާމީ ކްރިކެޓުން ރާއްޖެއަށާއި ސީ.ބީ.އެމްއަށްވެސް ލިބުނު ބޮޑު ކުރިއެރުމަކަށް” ކްރިކެޓް ބޯޑުގެ އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ފައިސަލް ފާޙަގަަކުރެއްވިއެވެ.

ފާއިތުވީ 10 އަހަރުތެރޭ ފުވައްމުލަކުން ވަނީ ގިނަ ޒުވާންތަރިން ތަކެއް މިދާއިރާއަށް ނެރެދީފައެވެ. އެގޮތުން، 2019 ވަނަ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އަލަށް ހޮވި އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ އައިޝަތު އައިމާ ހޯދިއިރު އެއަހަރުގެ ގިނަ ކްރިކެޓް އެވޯޑްތަކެއް ފުވައްމުލަކު ކްރިކެޓް ތަރިން ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން އަންހެނުންގެ ކުރިކެޓް މުބާރާތުގެ އެންމެ ކާމިޔާބުއެއް ޓީމަކީ ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމެވެ.

މީގެ އިތުރުން މިއަހަރުގެ ގައުމީ ކްރިކެޓް މުބާރާތުގެ އަމްޕަޔަރުކަން ފުވައްމުލަކު ކްރިކެޓް ދިރުވާ އާލާކުރުމުގައި އިސްދައުރެއް އަދާކުރާ ހަސަން މުތީއު ވަނީ ކޮށްފައެވެ. މިއީ މީގެ 10 އަހަރުކުރިން ކްރިކެޓްގެ މާބޮޑު ފޯރިއެއް ނެތް ފުވައްމުލައްވަނީ ކްރިކެޓްގައި ފާއިތުވީ 10 އަހަރުތެރޭ ގިނަ ގުނަ ކާމިޔާބީތަކެއް ހޯދާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !