ބެޑްމިންޓަން ނެޝަނަލް ލެވަލް 1 އަމްޕަޔަރުން ތަމްރީނުކުރުމުގެ ކޯހެއް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި ބޭއްވާ އެކޯހަށް ކުރިމަތިލުމުގެ ފުރުސަތު ބެޑްމިންޓަން އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ. މިކޯސް އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި ކަމަށް އެއެސޯސިއޭޝަނުން ހާމަކުރެއެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް 25 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ނަން ނޯޓް ކުރެއްވުމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން އެދިލައްވައެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެކަމަށްވެސް އެއެސޯސިއޭޝަނުން ހާމަކުރެއެވެ.
ޚިޔާލުތައް