ސޯޝަލް މީޑިއާގައި ހަތަކާތްތެރިވާ ފުވައްމުލަކުގެ ޒުވާނުންގެ ގުރޫޕަކުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ކުރައުޑު ފަންޑިން ހަރަކާތުން ލިބުނު އެހީގައި 2 ލެޕްޓޮޕް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ގޮތްޕަށް ހަދިޔާ ކޮށްފިއެވެ.
ލެޕްޓޮޕް ހަދިޔާ ކުރުން އޮތީ މިއަދު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައެވެ. މިގްރޫޕުން ލެޕްޓޮޕް ހަދިޔާ ކުރުމުން ފުވައްމުލައް ސިޓީގެ މޭޔަރު ޝުކުރު އަދާކޮށްފައި ވެއެވެ.
މިގްރޫޕް މެމްބަރަކު ފޭސްބުކު ގައި ހާމަކުރި ގޮތުގައި މިއީ ޓީމް ‘އޮކްޓޮޕަސް’ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތަކުން ލިބުނު ފައިސާއަށް ގަނެފައިވާ ދެ ލެޕްޓޮޕެވެ.
އަދި އެގްރޫޕުގެ އުއްމީދަކީ “މި މަރޮކަޒެން ކީރިތިޤުރްއާން އުނގެނެމުން އޭ ހުށިހައި އެންމެންނާސް ލެޕްޓޮޕް ބޭނުންކޮގެން ފަސޭހަތެކައް ވެގެން ގެއުން” ކަމަށެވެ.

ޓީމު އޮްކްޓޮޕަސްގެ ބައެއް މެމްބަރުން
އިޖުތިމާޢީ ކަންކަމުގައި އެގްރޫޕުން ހިންގާ މިފަދަ ހަރަކާތްތަކަށް ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކާއި އަމިއްލަ ވިޔަފާރިވެރިންނާއި، ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުން އަދި އަމިއްލަ ފަރުދުން، އެގުރޫޕަށް އިތުބާރޮކޮށް ވެދެއްވަމުންދާ އެހީތެރިކަމުން ކުރެވެމުންދާ ކަންކަން ކަމަށް ހާމަކުރެއެވެ. އަދި އެދެއްވާ އެހިތެރިކަމަކީ އެފަދަ ހަރަކާތަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ހާމަކުރެއެވެ.
އެއާއެކު މިފަދަ ކަންކަމުގައި “އަފުންނަ (ޓީމް އޮކްޕަސް އަށް) އެހީތެރިވެ އެއްބާރުލުން ދެމުންއޭ ހުށިހައި އެންމެންނަ އަފުން ޓީމެ ފަރާތެން އިޚްލާސްތެރިކަންމާއެކީ ވަރަހަ ބޮނޑަހަ ޝުކުރު އަދާކެރަން” ޓީމް މެމްބަރު ޒިޔާ އަހުމަދު ހާމަކުރެއެވެ.
ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފުވައްމުލަކުގެ މިގްރޫޕުން އިސްނަގައިގެން މީގެ ކުރިންވެސް ވަނަި މިފަދަ ހަރަޚާތްތަކެއް ހިންގާފައެވެ. އެގޮތުން ފާއިތުވި 2021 ވަނަ އަހަރު ކުރިޔަށްގެންދިޔަ ‘ކްރައުޑުފަންޑިން’ ހަރަކާތުން އެއްކުރެވުނު ލައްކައަކަށް ވުރެ ގިނަ ރުފިޔާއަށް ފުވައްމުލަކު ހޮސްޕިޓަަލުގެ ޕަބްލިކް ހެލްތު ޔުނިޓަށާއި ފުވައްމުލައް ސިޓީ ކޮވިޑް-19 އިމަޖެންސީ އޮޕްރޭޝަން ސެންޓަރަށް ބޭނުންވާ ސާމާނު ގަނެ އެތަކެތި އީއޯސީއާއި ހޮސްޕިޓަލަށް ހަވާލުކޮށްފައި ވެއެވެ. އެފަހަރު އެއްކުރެވިފައި ވަނީ 107،000 (އެއްލައްކަ ހަތްހާސް)އަށް ވުރެ ގިނަ ރުފިޔާ އެއެވެ.

ސޯޝަލްމީޑިއާ އެކްޓިވިސްޓް ގްރޫޕުގެ ކްރައުޑް ފަންޑިންގެ އެހީތައް މާލެއިން ރަށަށް ފޮނުވުން
އެފަހަރު ހަދިޔާކޮށްފައި ވަނީ، އިންފްރާރެޑް ތާމޯމީޓަރާއި، ޔޫވީ ސެނިޓައިޒަރ މެޝިނާއި، ވިންދުބަލާ މީޓަރާއި ބްލަޑްބްރެޝަރ ބަލާ އާލާތާއި، ޓެބްލެޓާއި އެއިގެ ކަވަރު، އަދި ޕްރިންޓަރާއި ކާރިޖް، ބާކޯޑް ޕްރިންޓަރާއި، ޕްރިންޓަރ ޓޯނާރ އަދި ދެ ސައިޒެއްގެ ކޫލް ބޮކްސް އެވެ.
ޚިޔާލުތައް