އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ ބަލައިގަތުން ދައުލަތުގެ އޮންލައިން ޕޯޓަަލްއެއް ކަމަށްވާ ‘ސަވާރީ ޕޭ’ އަށް ބަދަލުކޮށްފިއެވެ. މި ބަދަލުގެންސްފައި މިވަނީ މި ޖެނުއަރީ (2023) 1 އިން ފެށިގެންނެވެ.
އެގޮތުން ސަވާރީ ޕޭއަށް ބަދަލުކުރެވުނު ފީތަކަކީ:
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ފީ
ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކްކުރުމުގެ ގަވާއިދާއި ޚިލާފުވެގެން ދައްކަން ޖެހޭ ޖޫރިމައިނާ ފައިސާ އެވެ.
![](https://mikalnews.com/wp-content/uploads/2023/01/Vehical-Fee-pay-2.jpg)
އުޅަނދުފަހަރުގެ ފީ ބަލައިގަތުން ސަވާރި ޕޭ އަށް ބަދަލުވެއްޖެ
ކުރިން މިފައިސާތައް ބަލައިގަންނަމުން ދިޔައީ ދައުލަތުގެ މާލީ ކަންކަން ބަލަހައްޓާ މައި އިދާރާކަމަށްވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. މިބަދަލާއެކު މިރާއިން މަތީގައި ބަޔާންކުރެވުނު ފައިސާ ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.
ވުމާއެކު ކާރު، ލޮރީ، ޕިކަޕް އަދި މޮޓޯސައިކަލު ފަދަ ތަކެއްޗާއި ބޯޓު، ލޯންޗް ފަދަ އުލަނދުތަކުގެ ފީއްދަަކަން ޖެހެނީ ސަވާރީ ޕޯޓަލް މެދުވެރިކޮށްވެ.
ސަވާރީ ޕޯޓަލްގެ ވެބް އެޑްރެހަކީ https://pay.transport.gov.mv އެވެ.
ޚިޔާލުތައް