ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 ނިންމުން މިރޭ އޮންނާނެއެވެ. ނިންމުމުގެ ރަސްމިއްޔާރުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ފެބުރުއަރީ މަހު 4-10 އަށް ކުރިޔަށްގެންދާ މިއެތުލެޓިކްސް މީޓް ގައި ފުވައްމުލައް ސިޓީގެ 5 ސްކޫލަކުން ބައިވެރިވެފައި ވެއެވެ. މީގެއިތުރުން ވެސް ރަށުން ބޭރު 28 ސްކޫލަކުން މުބާރާތުގައި ވާދަކުރެއެވެ. ވަރަށް ފޯރިއާއެކު ކުރިޔަށް ދިޔަ މިމުބާރާތުގެ އެންމެ ފަހު އިވެންޓްތައް މިއަދު ހަވީރު ކުރިޔަށް ގެންދާނެއެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:15ގައި މުބާރާތް ކުރިޔަށްދާ ފުވައްމުލަކު ސްޓޭޑިއަމްގައެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ވަރަށް ޚާއްސަ އިތުރު ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
މި މުބާރާތުގައި ފުވައްމުލަކުގެ 3 ސްކޫލަކުން އަންނަނީ ގިނަ އިވެންޓްތަކަކުން ކާމިޔާބީ ހޯދަމުންނެވެ. އެއީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އާއި ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އިންނެވެ.
މިމުބާރާތުގައި ވަނީ ގައުމީ 1 ރެކޯޑް ހަދާފައެވެ. އެއީ އަންހެން ކުދިންގެ ބައިން އުސް ފުންމުން (ހައި ޖަމްޕު) އިންނެވެ. މީގެ އިތުރުން މިމުބާރާތުގެ 20 ރެކޯޑެއް ހަދާފައި ވެއެވެ. އެއީ:
13 އަހަރުން ދަށުގެ އަންހެން ކުދިންގެ 5 ރެކޯޑު
13 އަހަރުން ދަށުގެ ފިރިންހެން ކުދިންގެ 1 ރެކޯޑު
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ރެކޯޑު
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 3 ރެކޯޑު
19 އަހަރުން ދަށުގެ އަންހެން ކުދިންގެ 7 ރެކޯޑު
19 އަހަރުން ދަށުގެ ފިރިންހެން ކުދިންގެ 3 ރެކޯޑު
އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 – ފުވައްމުލައް ސިޓީ- ބައެއް އިވެންޓްތަކުގެ ވަނަތައް
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×100 ރިލޭ
ގޯލްޑް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×100 ރިލޭ
ގޯލްޑް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – ހިތަދޫ ސްކޫލް – އައްޑޫ
17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×100 ރިލޭ
ގޯލްޑް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×100 ރިލޭ
ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ
19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×100 ރިލޭ
ގޯލްޑް މެޑެލް – އައްޑޫ ހައި ސްކޫލް -އައްޑޫ
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
19 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×100 ރިލޭ
ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ
ސިލްވާ މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
ބްރޯންޒް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ މެޑްލޭ ރިލޭ
ގޯލްޑް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – .އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
15 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޑްލޭ ރިލޭ
ގޯލްޑް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ސިލްވާ މެޑެލް – ހިތަދޫ ސްކޫލް – އައްޑޫ
ބްރޯންޒް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް
17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×200 ރިލޭ
ގޯލްޑް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
ސިލްވާ މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ
ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×200 ރިލޭ
ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ
ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ
19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×400 ރިލޭ
ގޯލްޑް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
ސިލްވާ މެޑެލް – އައްޑޫ ހައި ސްކޫލް – އައްޑޫ
ބްރޯންޒް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×400 ރިލޭ
ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ
ސިލްވާ މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް
ބްރޯންޒް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް
އިންޑިވިޖުއަލް އިވެންޓް
15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން
ގޯލްޑް މެޑެލް – އަހުމަދު ޝާއިމް – ހޭޒް
ސިލްވާ މެޑެލް – އިބްރާހިމް އިޝާން – އެމްޖޭއެސް
ބްރޯންޒް މެޑެލް – ޒާކީ މުޖުތަބާ – މަރަދޫ ސްކޫލް
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 400 މީޓަރު ދުވުން
ގޯލްޑް މެޑެލް – ލުޔޫނާ ހަސަން – ދާންދޫ ސްކޫލް
ސިލްވާ މެޑެލް – އާމިނަޒު ޒީވާ – ހިތަދޫ ސްކޫލް
ބްރޯންޒް މެޑެލް – މަރިޔަމް އުޔޫން – އެމްޖޭއެސް
17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން
ގޯލްޑް މެޑެލް – ޒުއިޒް މުހައްމަދު – ބިލަބޮން ހައި އިންޓް.
ސިލްވާ މެޑެލް – އަބްދުﷲ ނަވާޒު – ޏ.އޭއީސީ
ބްރޯންޒް މެޑެލް – އަހުމަދު ނޫހު – ޏ.އޭއީސީ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 400 މީޓަރު ދުވުން
ގޯލްޑް މެޑެލް – އައޝަތު އަދުފާ – ޝަރަފުއްދީން
ސިލްވާ މެޑެލް – ޔަމްހާ ނާފިއު – އެމްޖޭއެސް
ބްރޯންޒް މެޑެލް – މަރިޔަމް އަމީރާ – ފޭދޫ ސްކޫލް
19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން
ގޯލްޑް މެޑެލް – އަލީ ސާއިން ނަސީރު – އައްޑޫ ހައި ސްކޫލް
ސިލްވާ މެޑެލް – މުހައްމަދު މާނު – އެމްޖޭއެސް
ބްރޯންޒް މެޑެލް – އަލީ މާއިޝް – އެމްޖޭއެސް
19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން
ގޯލްޑް މެޑެލް – އާމިނަތު ލަޔާނާ – ދާންދޫ ސްކޫލް
ސިލްވާ މެޑެލް – ހައްވާ މުޒުނާ – ޝަރަފުއްދީން ސްކޫލް
ބްރޯންޒް މެޑެލް – އާމިނަތު ނުހާ – ވިލާ ކޮލެޖު
ޚިޔާލުތައް