A wide advertisement which will be shown on all devices. (700 x 100)

ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑް ފުވައްމުލަކަށް

އޭޝިއާގެ އެންމެ ބޮޑު އަދި އެންމެ ފަހުރުވެރި ޑައިވިން އެކްސްޕޯ، ޑައިވިން ރިސޯޓް އެންޑް ޓްރެވަލް ޝޯ (ޑީއާރްޓީ) ގައި ދޭ ‘ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން’ އެވޯޑު ފުވައްމުލަކަށް ލިބިއްޖެ އެވެ. މި އެވޯޑް ފުވައްމުލަކަށް ދީފައިވަނީ ހޮންގް ކޮންގް ގައި މިމަހު 13-15 އަށް ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯ ކަމަށްވާ ޑައިވިން ރިސޯޓް އެންޑް ޓްރެވަލް ޝޯ (ޑީއާރްޓީ) އިން ނެވެ. 65 އަށް ގިނަ ގައުމު ބައިރިވި މި ޝޯގައި ފުވައްމުލަކަށް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑް ލިބިފައިވަނީ، އެމަންޒިލުގެ ދިރޭތަކެތީގެ ނަސްލުތަކުގެ ގިނަ ކަމާއި ފީނުމަށް ދާ ޓޫރިސްޓުންނަށް އޮންނަ ރައްކާތެރިކަމާއި އަމަލުކުރަމުންދާ ދެމެހެއްޓެނިވި ގޮތްތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގަވެސް މިޔަރުގެ މަންޒިލެއްކަމަށް ގަބޫލުކުރެވޭ ފުވައްމުލަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު ސަބަބަކީވެސް މިޔަރުތަކާއިއެކު ފީނުގެ ތަޖުރިބާ ލިބުމެވެ. ފުވައްމުލަކަށް ލިބިގެންދިޔަ މި އެވޯޑާއިއެކު ފުވައްމުލަކުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަަމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލާދީ މިހާރު ނޫހުން ހާމަކުރެއެވެ.

ފެމުނާއި މިޔަރުގެ އާއިލާގެ ގިނަ މަސްމަހާ މެހީގެ އިތުރުން މަޑީގެ ބާވަތްތައް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ފުވައްމުލަކަށް ޒިޔާރަތްކުރެއެވެ.

 

 

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !