ގަލޮޅު ދަނޑުގައި ކުރިއަށްދާ ނައިޓީ ޕްލަސް ގޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުގައި ފުވައްމުލަކުގެ ޓީމާއި ދެކޮޅަށް ނިކުންނާނީ މާލޭގެ ޓީމު ބަލިކުރި ރ. އަލިފުށީގެ ޓީމެވެ. އަލިފުށި ކްއާޓާ ފައިނަލަށް ދަތުރުކުރީ މާލެސިޓީގެ ޓީމާއި ވާދަކޮށް 1-3 އިން މޮޅުވެ އެގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖްގައި އެންމެ ރަގަޅު ނަތީޖާއެއް ނެރުނު ފުވައްމުލަކު ސިޓީގެ ޓީމު ގްރޫޕް ސްޓޭޖްގެ ދެވަނަ ބުރުގައި އެއްވެސް ޓީމެއްގެ އަތުން މޮޅުނުވެވުނު ނަމަވެސް ލަޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ހޯދިއެވެ. ފުވައްމުލަކު ސިޓީގެ ޓީމު ކްއާޓާ ފައިނަލަށް ދަތުރުކުރީ ތިމަރަފުށީގެ ޓީމާއި ހުރިހާ ގޮތަކުން އެއްވަރުވުމުން ގުރުއަތު ނަގައިގެނެވެ.
އަންނަ ބުރާސްފަތި ދުވަހު އޮންނަ ކްރާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ފުވައްމުލަކު ޓީމާއި އަލިފުށި ޓީމު ވާދަކުރާނީ ހަވީރު 15.50 ގައެވެ.
ޚިޔާލުތައް