A wide advertisement which will be shown on all devices. (700 x 100)

ޢީދު ބަންދާ ދިމާކޮށް އިމިގްރޭޝަންގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައި  މޯލްޑިވްސް އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ ހައްޖު ދުވަހާއި އީދު ބަންދުގައި ވެސް އެ އިދާރަގެ ހިދުމަތްތައް ދޭނެ ކަމަށެވެ. އެގޮތުން ޕާސްޕޯޓަށް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓު ނެގުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. ނަމަވެސް އީދުގެ ފުރަތަމަ ދުވަސް ކަމަށްވާ ޖޫން 6 ވަނަ ދުވަސް ބަންދުވާނެވެ.

ހިދުމަތްތައް ދޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ. މެޑިކަލް އެމަޖެންސީގައި ޚިދުމަތް ހޯއްދަވަން ގުޅުއްވާނީ 9555333 އަށެވެ.

ވިސާގެ ހިދުމަތް މި މަހުގެ ފަހަކުން ނުވައަކަށް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީނަށް ކަމަށާއި ރާއްޖެއަށް އަންނަ ފަރާތްތަކަށް އެ ދުވަސްތަކުގައި ވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސާޝިޕް ޑެކްލަރޭޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ ވޯކް ވިސާގެ އެމެޖެންސީ ހާލަތެއްގައި ގުޅާނީ 9199153 އަށް ކަމަށާއި ޕާމިޓްސް އެމަޖެންސީއެއްގައި ގުޅާނީ 9199157 އަށް ކަމަށެވެ.

އޭގެ އިތުރުން އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަސް ޑިވިޝަންގެ ހިދުމަތް ހައްޖު ދުވަހާއި އީދު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބޭނެ ކަމަށާއި އެމަޖެންސީއެއްގައި 7980408 ނުވަތަ 9199320 އަށް ގުޅުއްވުމަށްވެސް އިމިގްރޭޝަނުން އެދެއެވެ.

އިމިގްރޭޝަނުން ބުނީ ސީޕޯޓް ޑިވިޝަންގެ ހިދުމަތް މާލެ އިން އަންނަ ހޮނިހިރު އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ލިބޭނެ ކަމަށާއި ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 އަށްވެސް ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި އިމަޖެންސީއެއްގައި 9199187 އަށް ގުޅުމަށް އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !