ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކު ސިޓީއިން ސަރުކާރަށް ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެއްޖެއެވެ. މިހާތަނަށް ގުނާނިމިފައިވާ ވޯޓުތަކަށް ބަލާއިރު ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއްވެސް ސަރުކާރަށް ލިބިފައެއްނުވެއެވެ. ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދަޑިމަގު ގޮނޑިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަށަވަރުވުމާއި ގާތުގައެވެ.
ފުވައްމުލަކު ސިޓީގެ ނަތީޖާއަށް ބަލާއިރު އެންމެ ވާދަވެރިކޮށް ދިޔައީ ދަޑިމަގު ކައުންސިލް މެންބަރުކަމުގެ ގޮޑިއެވެ. މިގޮނޑިއަށް ޕީއެންސީއިން ވާދަކުރި ކެންޑިޑޭޓް އައިޝަތު އަބްދުލް ގާދިރާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު ޝީޒާ އިބްރާހިމް މިވަގުތު ކުރިހޯދާފައިވަނީ އެންމެ 3 ވޯޓުންނެވެ. އެހެން ހުރިހާ ގޮޑިތަކެއް ކާމިޔާބުކޮށްފައި މިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ދަޑިމަގު ކައުންސިލް ގޮޑި މިފަހަރު ނޫނީ މިހާތަނަށް ޕީއެންސީ، ޕީޕީއެމް ނުވަތަ ޑީއާރުޕީ ފިޔަވައި އެހެން ޕާޓީއަކުން ގެންގޮސްފައެއްނުވެއެވެ. އަދި ދޫޑިގަން ދާއިރާގެ ގޮޑި ވެރިކަން ކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީއަކުން ގެންގޮސްފައިވަނީ ހަމައެކަނި ޕީޕީއެމް ނުވަތަ ޑީއާރުޕީ އެވެ.
އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަކޮށް އުފާފާޅުކުރުމުގެ ހަރަކާތްތައް ފުވައްމުލަކު ސިޓީގައި ކުރިއަށް އެބަދެއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުގެ ޖުމްލަ:
މޭޔާ އިންތިޚާބު
4553 އިސްމާއީލް ރަފީގް
2574 އަލީ މަސީހް
ދަޑިމަގު ދާއިރާގެ ކައުންސިލް
469 އައިޝަތު އަބްދުލްގާދިރު
471 ޝީޒާ އިބްރާހިމް
ދިގުވާނޑު ދާއިރާގެ ކައުންސިލް
480 ހުސެއިން ޝިރުހާން
402 މުންޒިރު އަބްދުﷲ
ހޯދަޑު ދާއިރާގެ ކައުންސިލް
575 އައިޝަތު އިބްރާހިމް
346 ހައްވާ ސައުސަން
މާދަޑު ދާއިރާގެ ކައުންސިލް
426 ފާތުމަތު މާޝާ
169 ޝިމްލާ އިބްރާހިމް
75 އިބްރާހިމް ފިކްރީ
މިސްކިތްމަގު ދާއިރާގެ ކައުންސިލް
51 މުހައްމަދު ޝައްމޫން އަމީން
468 މާޖިދު އަހުމަދު
593 މުހައްމަދު ލިރާރު
ފުނާޑު ދާއިރާގެ ކައުންސިލް
605 އައިމިނަތު އިނާޔާ
331 އަބްދުﷲ ރާޒީ
މާލެގަން ދާއިރާގެ ކައުންސިލް
245 މަރިޔަމް ދިޔާނާ
362 ޚަދީޖާ މޫސާ
ދޫޑިގަން ދާއިރާގެ ކައުންސިލް
321 އައިމިނަތު ޝާއިގާ
497 މަރިޔަމް ޒަހީނާ އަހުމަދު
އތމ ކޮމިޓީގެ ރައީސް
އެމްޑީޕީ މަރިޔަމް ޝިއުނާ 3784
ޕީއެންސީ ޝިއުމާ އިބްރާހިމް މުސްތަފާ 2921
ދަޑިމަގު ދާއިރާގެ އތމ ކޮމިޓީ
އަމިއްލަ ހައްވާ އާގިސާ ސާދިގް 443
ޕީއެންސީ މިންނާ މުހައްމަދު ލަތީފް 512
ދިގުވާނޑު ދާއިރާގެ އތމ ކޮމިޓީ
ޕީއެންސީ އާސިފާ އިބްރާހިމް ދީދީ 363
އެމްޑީޕީ އައިމިނަތު ފަޒުނާ 517
ހޯދަޑު ދާއިރާގެ އތމ ކޮމިޓީ
ޕީއެންސީ އާމިނަތު އަހުމަދު 392
އެމްޑީޕީ ޝިފާ އަދުދާން 587
މާދަޑު ދާއިރާގެ އތމ ކޮމިޓީ
އެމްޑީޕީ މަރިޔަމް ސައީދާ 376
އަމިއްލަ ރާމިޒާ އިބްރާހިމް 264
މިސްކިތްމަގު ދާއިރާގެ އތމ ކޮމިޓީ
ޕީއެންސީ ޚަދީޖާ ޝިރުމީން 440
އެމްޑީޕީ މައުސޫމާ މުހައްމަދު 659
ފުނާޑު ދާއިރާގެ އތމ ކޮމިޓީ
އަމިއްލަ މަރިޔަމް އަލީ 420
ޕީއެންސީ މޫނިސާ އަބްދުލް ހަކީމް 272
މާލެގަން ދާއިރާގެ އތމ ކޮމިޓީ
އެމްޑީޕީ ޚަދީޖާ އަބްދުﷲ ދީދީ 364
ޕީއެންސީ އައިޝަތު އަލީ 255
މާލެގަން ދާއިރާގެ އތމ ކޮމިޓީ
އެމްޑީޕީ އައިޝަތު ހަމްދާ 484
ޕީއެންސީ އައިޝަތު އާތިފާ 349



ޚިޔާލުތައް