ވާދަވެރިކަން ބޮޑުވި ފުވައްމުލަކު ސިޓީ ކައުންސިލްގެ ދަޑިމަގު ދާއިރާގެ ވޯޓު ހަމަހަމަ ވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އިންތިޚާބުގެ ފުވައްމުލަކު ސިޓީގެ އެދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއްވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުންނެވެ. ވާދަވެރިކަން ބޮޑުވި އެދާއިރާގެ ވޯޓު ގުނުން ކުރިއަށްދިޔައިރު އެކި ވާދަކުރި ދެފަރާތުންވެސް ދިޔައީ ފަހަރަކު ފަރާތަކުން ކުރި ނަގަމުންނެވެ. އެހެންކަމުން، ގިނަ ބަޔަކަށް ކާމިޔާބު ކުރާނެ ފަރާތެއް ޔަގީންނުވި ދެފަރާތުގެ ސަޕޯޓަރުންވެސް އެދެފަރާތަށްވެސް ހޮނުނުކަމުގެ މަރުހަބާ ކިޔާފައިވެއެވެ.
| ޖުމްލަ | ދަޑިމަގު 1 | މާލެ 1 | ހުޅުމާލެ ފޭސް 1 | ހުޅުމާލެ ފޭސް 2 | އެހެނިހެން | ||
| އައިޝަތު އަބްދުލް ގާދިރު | ޕީއެންސީ | 484 | 326 | 77 | 33 | 18 | 30 |
| ޝީޒާ އިބްރާހިމް | އަމިއްލަ | 484 | 287 | 93 | 56 | 16 | 32 |
| ޖުމްލަ ސައްހަ ވޯޓު | 968 | ||||||
| ބާތިލް | 104 | ||||||
| ވޯޓުލީ މީހުންގެ އަދަދު | 1072 | ||||||
| ވޯޓުލުމުގެ ހައްގުލިބިފައިވާ | 1306 | ||||||
| ވޯޓުލީ އިންސައްތަ | 82% |
މި ދާއިރާގެ ވަގުތީ ނަތީޖާއަށް ބަލާއިރު ފުވައްމުލަކު ސިޓީގައ ބެހެއްޓުނު ވޯޓު ފޮށިން ޕީއެންސީ ކެންޑިޑޭޓް އައިޝަތު އަބްދުލްގާދިރު ކުރި އިރު މާލޭގައި ބެހެއްޓުނު ވޯޓުފޮށިން ކުރިހޯދީ ޝީޒާ އިބްރާހީމެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ދިރިއުޅޭ ހުޅުމާލޭގެ ފޭސް 1 ގައި ބެހެއްޓުނު ވޯޓު ފޮށިން ޝީޒާ އިބްރާހިމް ކުރި ހޯދިއިރު ހުޅުމާލެ ފޭސް 2 ގެ ވޯޓު ފޮށިން ކުރި ހޯދީ އައިޝަތު އަބްދުލް ގާދިރެވެ. އެހެންކަމުން، މިދާއިރާގެ މެންބަރުކަން ޔަގީންކުރުމަށް ދެވަނަ ބުރެއް ބާއްވާނެކަމަށް ބެލެވެއެވެ.
ގިނަ ބަޔަކު ހައިރާންކުރުވި މިނަތީޖާއާއިއެކު މިދާއިރާގެ ވާދަވެރިކަންވެސް ދެވަނަ ބުރެއްގައި ވަރުގަދަވާނެކަމަށް ބެލެވެއެވެ.



ޚިޔާލުތައް