އޮޅުވާލި ވޯޓު’ ގެ ނަމުގައި ވެރިކަން ކުރާ ޕީޕީއެމްގެ މަދު ބަޔަކު މިރޭ މުޒާހަރާ ކުރުމަށްް މާލޭ ބޮޑު ތަކުރުފާނު މަގުން ޕީޕީއެމް އޮފީށް ކައިރިއަށް އެއްވެއްޖެއެވެ. މިރޭ 8:30 ހެއް ހާއިރު ޕީޕީއެމް އޮފީސް ކައިރިއަށް ނިކުތީ ޕީޕީއެމް ގެެ 6 އެއްކަ އެކްޓިވިސްޓުން ކަމަށް މީޑިއާތަކުން މައުލޫމާތު ހާމަކުރިއެވެ. އަދި އޭގެ އިރުގަނޑެއް ފަހުން އެޗްޑީސީ ވެހިކަލެއްގައި އެހިސާބަށް މީހުންގެނެސް ވޯޓު އޮޅުވާލި ކަމަށް އަޑު އުފުލަން ފެށިއެވެ.
ގިނަ ބަޔަކު ބުނާ ގޮތުން މިފަހަރުގެ ވޯޓުގެ ހުރިހާ ކަމެއް ބެލެހެއްޓީ ޕީޕީއެމްގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ. ވޯޓު އޮފިޝަލުންގެ ގޮތުގައި މުޅި ރާއްޖެއިން ވެސް މީހުން ނަގާފައި ތިބީ ޕީޕީއެމް ކެމްޕޭނު އޮފީހުން ފޮނުވި ލިސްޓަކަށެވެ. އެކަން ޔަގީންވެ ހާމަ ވެގެން ދިޔައީ ވޯޓުލި ދުވަހު އޮފިޝަލުންތައް މަސައްކަތައް ނިކުތުމުންނެވެ.
ޕީޕީއެމުން ފޮނުވި އޮފިޝަލުން ވޯޓުލުމުގެ ހުރިހާ ކަމެއް އެމީހުން ބޭނުން ވާ ގޮތަކަށް ކުރިޔަށް ގެނެގޮސް ވޯޓުލާ ނިންމައި އެމީހުން އަތުން ވޯޓު ގުނައި އދިކޮޅު ކޯލިޝަން ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރިކަމަށް އިއުލާން ކުރީއެވެ. އަދި ޖެހިގެނެން އައި ދުވަހު ރައީސް ޔާމީނު އިންތިޚާބުން ބަލިވި ކަމަށް އެއްބަސެ ވަޑައިގަތެވެ.
މިފަހަރުގެ ވޯޓުލުން ކުރިޔަށް ގެންދިޔައިރު އިލެކްޝަންސް ކޮމިޝަނުގައި ތިބީ މުޅިންވެސް ޕީޕީއެމަށްް ތާއިދުކުރާ އެޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖުލީހަކުން އައްޔަން ކޮށްްފައިވާ މެންބަރުންތަކެކެވެ. އަދި ވަކިން ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސްް ކަމުގައި ހުރި ސުލައިމާނު ބަދަލުކޮށްް ޕީޕީއެމް ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރި ވަމުންދިޔަ އަހުމަދު ޝަރީފު ރައީސް ކަމަށް ގެނެސްގެެނެވެ.
ނަމަވެސް އިންތިޚާބު ނިމި ބަލި ގަބޫލުކުރި ތާ 7 ދުވަސް ފަހުން ވޯޓު އޮޅުވާލިކަމަށްް މިއަދު ބުނީމާ އެކަން ގަބޫލުކުރާނީ ކޮން ބައެއް ހެއްޔެވެ؟
މިރޭގެ މުޒާހަރާގައި އިސްކޮށްް ހުރީ އެމްޑީޕީ ޓިކެޓުގައި ވެލިދޫދާއިރާގެ މަޖުލިސް ގޮނަޑިއަށްް އިންތިޚާބުވެ، ފަހުން ޕީޕީއެމަށް ބަދަލުވި މެންބަރު ޔާމީނު އެވެ. އަދި ރައީސް ޔާމީނުގެ ތަރުޖަމާނު މުއާޒުއެވެ.
މިރޭ މާލެއަށް މޫސުން ގޯސްވެ ވާރޭ ވެހެއެވެ. އަދި މުޒާހަރާގައި ބައިވެރިވެފައި ވަނީ 20 ވަރަކަށް މީހުންނެވެ. މުޒާހަރާއަށް އެއްވެފައިވާ މަދު މީސްކޮޅަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނީ މިރޭ އެ ފެންނަނީ އަސްލު ޕީޕީއެމް ސައިޒު ކަމަށެވެ.
ކުރިން ހުއްދަ ހޯދުމަކާއި ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރައްދުގައި އެކަނި ކަމަށް ނިންމައި އިދިކޮޅު ފަރާތްތަކުްނ ދެކޮޅު ހަދަމުން ދަނިކޮސް ގާނޫނެއް ވަނީ ފާސްކޮށް ފައެވެ. މިއަދު އެ ގާނޫނު މުގުރާލަނީ ހަމަ ޕީޕީއެމުންނެވެ.
ޚިޔާލުތައް