ބަންޑާރަ ކިޅީގައި ހެދިފައިވާ ލޮޓަސް ނެގުމުގެ އަމަލީ މަސައްކަތް ދާދި ދެންމެއަކު ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފިއެވެ. މިމަސައްކަތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ބަންޑާރަ ކިޅި ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނު ނަމަވެސް ރަސްމީކޮށް މިމަސައްކަތް ފެށޭނީ އަންނަ އީދު ދުވަސްކަމަށް ވާ ޖޫން 5 ވަނަ ދުވަހުގައެވެ. އަދި މިމަސައްކަތް ނިމޭނެ ދުވަހު ލަފާކުރަން ދަތިކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. ސަބަބަކީ ބޮޑު ސަރަހައްދަކަށް ލޮޓަސް ފެތުރިފައިވާތީއެވެ.
+1
+1
ޚިޔާލުތައް