މާދަމާ ގދ. ތިނަދޫގައި ފަށާ 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ފުވައްމުލައް ސިޓީގެ ބޮޑު 4 ސްކޫލުން ވާދަކުރެއެވެ. އެއީ ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލްއެވެ. އެތްލެޓިސް އެސޯސިއޭޝަނުން ބާއްވާ މިމުބާރާތުގައި މުޅިއެކު 29 ސްކޫލަކުން 104 ޓީމުން 565 އެތުލީޓުން ވާދަކުރެއެވެ.
މިމަހުގެ 23ން 27އަށް ބާއްވާ މިމުބާރާތުގައި ގިނަ އިން ވާދަކުރަނީ ދެކުނުގެ 4 އަތޮޅަށް ނިސްބަތްވާ ސްކޫލްތަކުގެ ޓީމުތަކުންނެވެ. ނަމަވެސް ލ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން މާލޭގެ ސްކޫލްތަކުގެ ޓީމުތަކުން ވެސް ބައިވެއެވެއެވެ.
މިމުބާރާތުގައި ފުވައްމުލައް ސިޓީ މުހައްމަދު ޖަމާލުއްދީން ސްކޫލުން ބައިވެރިވަނީ 4 ޓީމުގައި ޖުމްލަ 39 ދަރިވަރުންނެވެ. އެއީ:
13 އަހަރުން ދަށުގެ އަންހެން 12 ފިރިހެން 12 އަދި 15 އަހަރުން ދަށުގެ އަންހެން 5 ފިރިހެން 10 އެތުލީޓުންނެވެ. އެމްޖޭއެސްގެ ޓީމު މިރޭ ރަށުން ފުރާގޮތަށް ދަނީ ތައްޔާރުވަމުނެވެ. އަދި ހޭޒްގެ ޓީމު ވެސް މިއަދުގެ ވަގުތެއްގައި ފުރާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދެން ބައިވެރިވާ .އޭއީސީއާއި ހޭޒް އަދި އެފްއެސްއިން މައުލޫމާތު ދެއްވާފައެއް ނުވެއެވެ.
މި މުބާރާތުގައި 8 ޢުމުރުފުރާއެއްގައި އަންހެން އަދި ފިރިހެން ޓީމްތަކުން ވާދަކުރާނެއެވެ. އެގޮތުން 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އުމުރުފުރާގައި 14 ޓީމް، 13 ޓީމް، ހިނެނޭއިރު 15 އަހަރުން ދަށުގެ ބައިގައި އަހްނެން 12 ޓީމާއި ފިރިހެން 14 ޓީމާއި 17 އަހަރުން ދަށުގައި އަންހެން 5 ޓީމް، ފިރިހެން 10 ޓީމް، އަދި 19 އަހަރުން ދަށުގައި އަންހެން 2 ޓީމް، އަދި ފިރިހެން 5 ޓީމް ވާދަކުރާނެއެވެ.
މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.00ން 10.00އަށް އަދި ހަވީރު 4.00ން 6.00އަށެވެ.
އެންމެ ފަހުން، 2018ގައި ފުވައްމުލައް ސިޓީގައި މިމުބާރާތް ބޭއްވުނު އިރު ބައިވެރިވެފައި ވަނީ 26 ސްކޫލަކުން 54ޓީމާއެކު 424 އެތުލީޓުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކުރައްވައެވެ.
ޚިޔާލުތައް