ބަނޑާރަ ކިޅީގައި ހެދިފައިވާ ލޮޓަސް ނަގުމުގެ މަސައްކަތް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭ ނިމޭނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލާދީ މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. ވަރަށް ބާރަށް މިހާރު މަސައްކަތް ކުރިއަށްދާ ކަމަށާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ސީނިއާ މުވައްޒަފުންވެސް އަމަލީ ގޮތުން މަސައްކަތުގައި ބައިވެރި ވަމުންދާކަން ވެސް މިކަލް ނޫހުގެ ރިޕޯޓަރު ފާހަގަކުރެއްވިއެވެ. މިދިޔަ މެއީ މަހު ފަހުން ކޮޅުން ފެށިގެން މަސައްކަތް ކުރިއަށްދާ އިރު ރަސްމީކޮށް މިމަސައްކަތް ފެށިފައިވަނީ މިހިގާ ޖޫންމަސްތެރޭގައެވެ.
ފުވައްމުލައް ސިޓީގެ “ބަންޑާރަ ކިޅި” ލޮޓަސް ގަހުން ފުރޭތީ ރައްޔިތުން ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ބަންޑާރަ ކިޅީގައި ލޮޓަސް ގަހެއް ކުރިން ނުހުރެއެވެ. ނަމަވެސް ފަހުން ބަނޑާރަ ކިޅީން ލޮޓަސް ގަސް ފެންނަން ފެށީ، ޣާޒީމަގާއި (ރަށުގެ ހުރަސް މަގު) ވީ ކޮޅުން ހެދި ރެސްޓޯރެންޓް ހިންގި ދުވަސްވަރު އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ރެސްޓޯރެންޓް ހިންގި މީހުން އެސަރަހައްދު ރީތިކުރުމުގެ ބޭނުމުގައި އިންދައިގެން ހެއްދި ލޮޓަސް ގަސްތަކެއް ކަމަށެވެ. ފަހުން ރެސްޓޯރެންޓް ހިންގުން ހުއްޓުމުން އެލޮޓަސް ގަސްތައް ގަދަޔަށް ހެދި މުޅި ކުޅިއަށް ފެތުރިގެން ދަނީ ކަމަށެވެ.
ޚިޔާލުތައް
ތިޔަ ލޮޓަސް ގަހުގެ ސަބަބުން ކިޅި ވަރަށް ބޮޑަށް ހިކިފައިވުމާއެކު ހަމަ އެކަނި ގަސް ނެގުމަކުން މަސައްކަތް ނިމުނީ ކަމަށް ބެލުމަކީ ގޯހެއް. ކުރިން ހުރި ގޮތަށް ހިކިފައި ހުރި ތަންތަން ކޮނެ ކިސަޑު ނެގުމަކީވެސް ކިޅީގެ އިކޯސިސްޓަމް އޭގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް.