A wide advertisement which will be shown on all devices. (700 x 100)

އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019 ގެ ކުޅުން ފަށައިފި

އައިބޭ ޕޮލިސް ކަޕް ހޭންޑްބޯޅަ މުބާރާތް 2019، މެޗު 4؛ މޮޅުވީ ހޭޒް ޓީމު 5-0 އެއަރޕޯރޓް ޓީމާއި ޥާދަކޮށް

ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ބާއްވާ “އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ފުރުތަމަ ދުވަހުގެ ކުޅުން 5 މެޗުން، ކެންގަރޫ ކިޑްސް ބިލަބޮން ހައި އާއި ނެއިބަރހޫޑް ޕޮލިސް ޓީމާއި، ފެމިލީ އެން ޗިލްޑްރެން ސާރވިސްް ސެންޓަރގެ ޓީމާއި، ހޭޒް އަދި އެމްޖޭއެސް ޓީމު މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކެންގަރޫ ކިޑްސް ބިލަބޮން ހައި އާއި ކްރޯވޭ މޯލްޑިވްސް ގެ ޓީމެވެ. މިމެޗު 8-0 ގެ ބޮޑު ތަފާތަކުން މޮޅުވީ ކެންގަރޫ ކިޑްސް ބިލަބޮން ހައި ގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކެންގަރޫ ކިޑްސް ބިލަބޮން ހައި ގެ ޖާޒީ ނަމްބަރު 11 އައިޝަތު ޒުބީނާ އެވެ.

ހޭޒްގެ ހޭންޑްބޯޅަ ޓީމު 2019

ދެވަނަ މެޗުގައި ބައްދަލު ކުރީ ނެއިބަރހޫޑް ޕޮލިސް ޓީމާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގެ ޓީމެވެ. މިމެޗު 6-4 ން މޮޅުވީ ނެއިބަރހޫޑް ޕޮލިސް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ނެއިބަރހޫޑް ޕޮލިސް ޓީމުގެ ގެ ޖާޒީ ނަމްބަރު 2 ފާތިމަތު ރިޝާ އެވެ.

ތިންވަނަ މެޗުގައި ބައްދަލު ކުރީ ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ ޓީމާއި ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބުގެ ޓީމެވެ. ވާދަވެރި ކުޅުމަކަށްފަހު މިމެޗު 3-2 ން ކާމިޔާބު ކުރީ ފެމިލީ އެން ޗިލްޑްރެން ސާރވިސް ސެންޓަރގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބުގެ ޖާޒީ ނަމްބަރު 10 ޚަދީޖާ އަޙުމަދު އެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އައިބޭ.

އިއްޔެގެ ހަތަރުވަނަ މެޗުގައި ބައްދަލު ކުރީ ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ޓީމާއި ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން ގެ ޓީމެވެ. މިމެޗު 5-0 ން ކާމިޔާބު ކުރީ ހޭޒގެ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ޓީމުގެ ޖާޒީ ނަމްބަރު 10 އާއިޝަތު އިނާޝާ މުޙައްމަދު އެވެ.

އިއްޔެ ރޭގައި ކުޅެވުނު މުބާރާތުގެ 5 ވަނަ މެޗުގައި ވާދަކުރީ މުހައްމަދު ޖަމާލުއްދީނު ސްކޫލް (އެމްޖޭއެސް)ގެ ޓީމާއި އެފްއެސް ސްޓަަނަރސް އެވެ. މިމެޗު 4-0 ން ކާމިޔާބުކުރީ އެމްޖޭއެސް ގެތީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސްގެ ޖާޒީ ނަމްބަރު 6 މާހާ މުޙައްމަދު އެވެ.

އެމްޖޭއެސްގެ ކުޅުންތެރިން: ފުރަތަމަ މެޗުން މޮޅެއް ހޯދި

މިއަދުވެސް މިމުބާރާތުގެ 2 މެޗު އަދި މިރޭ 3 މެޗު ކުޅޭނެއެވެ.

މިއަދު ހަވީރު ކުޅެ މެޗުތައް

ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބް އާއި ކްރޯވޭ މޯލްޑިވްސް

ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން އާއި ނެއިބަރހޫޑް ޕޮލިސް ޓީމް

މިރޭ ކުޅެނެ 3 މެޗަކީ

އެމްޖޭއެސް އައި ޏ.އޭއީސީ

ފެމިލީ އެން ޗިލްޑްރެން ސާރވިސްް ސެންޓަރ (އެފްސީއެސް) އާއި ކެންގަރޫ ކިޑްސް ބިލަބޮން ހައި

ހޭޒް އާއި ޒީ-ކޮލެޖު ޓީމު

އެފްއެސް ސްޓަނަރސް ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !