“އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ޗެމްޕިއަން ކަން އެމްޖޭއެސް ޓީމުން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު ފައިނަލު މެޗުގައި ހޭޒް ޓީމާއި ދެކޮޅަށް ކުޅެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމަށްވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެމްޖޭއެސް ޓީމުން ވަނީ 2-1 ން ކުރިހޯދައި، ފުވައްމުލަކުގައި ބޭއްވުނު ފުރަތަމަ ހޭންޑް ބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސް ޓީމުގެ ގޯލްކީޕަރ އާއިޝަތު އަބްދުލް ގާދިރި (ޖ.2) އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ދިޔަ މިމުބާރާތުގެ ފައިނަލް މެޗު ބެލުމަށް ގިނަ އަދދެއްގެ ސަޕޯރޓަރުން ހާޒިރުވިއެވެ.
މި މުބާރާތުގެ ފުވައްމުލަކުގެ އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ 11 ޓީމަކުން ވާދަކުރިއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އިނާޝާ -ހޭޒް އަދި އެންމެ މޮޅު ކޯޗު. ނިޒާރު-އެމްޖޭޢެސް
މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަތަކަށް އިނާމާއި ޓްރޮފީ އަދި މެޑެލް ހަވާލުކުރުން ބާއްވާފައި ވެއެވެ.
މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާ: ހޭޒް ގެ – އާއިޝަތު އިނާޝާ މުޙައްމަދު، ޖާޒީ ނަމްބަރު 10
މުބާރާތުގެ ޑްރީމް ޓީމު (އެންމެ މޮޅު 7 ކުޅުންތެރިން)
އެމްޖޭއެސް – މާހާ މުހައްމަދު، ޖާޒީ ނަމްބަރު 6
އެމްޖޭއެސް – އާމިނަތު ނަބީލާ ޖަލީލު، ޖާޒީ ނަމްބަރު 14
އެމްޖޭއެސް – އާއިޝަތު އަބްދުލް ގާދިރު، ޖާޒީ ނަމްބަރު 2
ހޭޒް – އާއިޝަތު ސުދާ، ޖާޒީ ނަމްބަރު 11
ކެންގަރޫ ކިޑްސް ބިލަބޮން ހައި – މަރިޔަމް ސަމާ، ޖާރޒީ ނަމްބަރު 2
ފެމިލީ ޗިިލްޑްރެން ސާރވިސް ސެންޓަރ – ޚަދީޖާ އަހުމަދު، ޖާޒީ ނަމްބަރު 10
ނެއިބަރހޫޑް ޕޮލިސް – ފާތިމަތު ރިޝާ، ޖާޒީ ނަމްބަރު 2

މުބާރާތުގެ ޑްރީމް ޓީމު -7
ޗެމްޕިއަން ޓީމު: މުހައްމަދު ޖަމާލުއްދިން ސްކޫލް (އެމްޖޭއެސް)

މުބާރާތުގެ ޗެމްޕިއަން ޓީމުު. އެމްޖޭއެސް
ރަނަރަޕް ޓީމު: ހާފިޒު އަހުމަދު ސްކޫލް (ހޭޒްް)
ފެއަރ ޕްލޭ ޓީމު: އެފްއެސް ސްޓަނަރސް (އެފްއެސް)
މުބާރާތުގެ އެންމެ މޮޅު ކޯޗު: އަލީ ނިޒާރު – އެމްޖޭއެސް

ހޭޒް ޓީމުގެ މޮޅު 3 ކުޅުންތެރިން
ޚިޔާލުތައް