A wide advertisement which will be shown on all devices. (700 x 100)

ލޯކަލް ކައުންސިލް އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދަނީ

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދަނީ - ފުވައްމުލައް ސިޓީ

ކުރިޔަށް އޮތް ލޯކަލް ކައުސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ޕްރަމަރީގެ ވޯޓުލުން މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން ކުރިޔަށް އެބަ ދެއެވެ.

ފުވައްމުލައް ސިޓީގައި މިއިންތިޚާބުގެ ވޯޓުލުން 6 މަރުކަޒެއްގައި ކުރިޔަށް ދެއެވެ. ފޯރިއާއެކު ކުރެވުނު ކެމްޕޭންތަކަށްފަހު ވޯޓުލުމުގެ ކަންތައްތައް ވެސް ކުރިޔަށް ދަނީ އަމާން އޮމާންކޮށް ކަމަށްް މައުލޫމާތު ލިބެއެވެ. ނަމަވެސް ބައެއް ވޯޓު ފޮށިތައް ފުރިގެން އިތުރު ކަރުދާސް ފޮށިތަކަކަށް ވޯޓުލަމުން ދާތަން ފެނެއެވެ. މިހެން ދިމާވީ ކުރިން ލަފާ ކުރެވިފައިވާ ވަރަށްވުރެ ގިނަ މީހުން ވޯޓުލުމަށް ނުކުތުމުން ކަމަށް ވެއެވެ. ނަމަވެސް ފާހަގަ ކުރެވުނު ކަމަކީ މިފަހަރުގެ ވޯޓު ކަރުދާސްގަނޑު ބޮޑުކަމެވެ. ވުމާއެކު ފަސޭހައިން ވޯޓު ފޮށިތައް ފުރެނީކަމަށް ވެސް ބެލެވިދާނެއެވެ.

ވޯޓު ލާން ގިނަ ބަޔަކު ނުކުމެފައި ވުމުން ކުރިން ކަނޑައެޅި ވޯޓުލުން ބަންދުކުރާ ގަޑި ވެސް ފަހުން ވަނީ ރޭގަނޑު 9:30 އަށް އިތުރުކޮށްފައެވެ.

މިވޯޓުގައި ކޮންމެ މެމްބަރަކު ވެސް ދެވޯޓެއް ލާނެއެވެ. އެއީ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކަނޑިޑޭޓަށް ލާވޯޓާއި ސިޓީ ކައުންސިލްގެ މެމްބަރުކަމަށް ދާއިރާއަށް ލާ ވޯޓެވެ.

މެޔަރުކަމަށް ވަދަކުރުމުގެ ޓިކެޓަށް 4 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި ފުވައްމުލައް ސިޓީ ދާއިރާ 1 ނޫން ކޮންމެ ދާއިރާއަކަށް ވެސް ވާދަކުރަނީ 2 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ފުވައްމުލައް ސިޓީ ބަހާފައިވާ 6 ދާއިރާގެ ތެރެއިން އެއް ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއްގައި ވެސް މި ޕްރަމަރީ ބާއްވައެވެ. މިޕްރައިމަރީގައި އެމްޑީޕީގެ ފުވައްމުލައް ސިޓީގެ 4000 ހެއްހާ (3958) މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.

މިރޭ 7:30 އެހާއިރު ވީއިރު ގިނަބަޔަކު ވަނީ ވޯޓު ލާފައެވެ. އެގޮތުން ފުވައްމުލައް ސިޓީ ދާއިރާ 1 (ދަޑިމަގު/ދިގުވާޑު) ފޮށްޓަށް ވޯޓުލުމަގެ ހައްގު ލިބިފަިއވާ 365 މީހުގެ ތެރެއިން 240 މީހުން ވޯޓު ލާފަިއވާ ކަމުގެ މައުލޫމާތު ލިބެއެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދަނީ – މާލެ ސިޓީ

ފުވައްމުލައް ސިޓީ ދާއިރާ 2 (ހޯދަޑު/ދަޑިމަގު) ފޮށްޓަށް 330 މީހުން ވޯޓު ލާފައިވެއެވެ.

ފުވައްމުލައް ސިޓީ ދާއިރާ 3 (މާދަޑު/ ދިގުވާނޑު/މިސްކިތްމަގު) ފޮށްޓަށް 361 މީހުން ވޯޓު ލާފައިވެއެވެ.

ފުވައްމުލައް ސިޓީ ދާއިރާ 4 (މިސްކިތްމަގު/ފުނާޑު) ފޮށްޓަށް 334 މީހުން ވޯޓު ލާފައިވެއެވެ.

ފުވައްމުލައް ސިޓީ ދާއިރާ 5 (މިސްކިތްމަގު/މާލެގަން) ފޮށްޓަށް 378 މީހުން ވޯޓު ލާފައިވެއެވެ.

ފުވައްމުލައް ސިޓީ ދާއިރާ 6 (ދޫނޑިގަން) ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފަިއވާ 825 މީހުންގެ ތެރެއިން 353 މީހުން ވޯޓު ލާފައިވެއެވެ.

މާލޭގެ ފޮށްޓަށް ވޯޓުލާފައިވަނީ ކިތައް މީހުންކަން އަދި ވަނީ އެނގޭގޮތް ނުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !