ފުވައްމުލައް ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރުމަށް ބޭއްވި ޕްރައިމަރީ އިސްމާއީލް ރަފީގު ކާމިޔާބކޮށްފިއެވެ. އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އެމްޑީޕީ ޕްރަމަރީ އިންތިޚާބުގައި 4 ކެންޑިޑޭޓުން ވާދަކުރިއެވެ.
މި އިންތިޚާބުގައި ކުރީގެ މޭޔަރ ފަލާޙު ޝަރީފު ވެސް ވާދަކުރައްވައި ވަނީ ނާކާމިޔާބުވެފައެވެ.
އިންތިޚާބުގް ވަގުތީ ނަތީޖާ ދައްކާ ގޮތުން އިސްމާއީލް ރަފީގަށް ވަނީ ވޯޓުލީ މިހުންގެ %63 އިން މަތިން ވޯޓު ލިބިފައެވެ. އަދި ދެވަނައަށް ދިޔަ މުހައްމަަދު ނިޒާމަށް ލިބިފައި ވަނީ %19.5 އެވެ. އަދި މިހާރުގެ މޭޔަރ ފަލާޙު ޝަރީފަށް %16.6 އަދި އަހުމަދު މުހައްމަދަށް ލިބުނީ %2.6 އެވެ. މިއިންތިޚާބުގައި 2600 މީހުން ވޯޓު ލާފައި ވެއެވެ. މިއީ ފުވައްމުލައްް ސިޓީގެ އެމްޑީޕީ މެމްބަރުންގެ %65.7 އެވެ.
ރޭގައި ނިމުނު މިއިންތިޚާބުގެ ފުވައްމުލައް ސިޓީގެ އެކި ދާއިރާތަކުން ޕްރަމަރީ ކާމިޔާބުކުރީ:
ފުވައްމުލައްސިޓީ ހުޅަނގު އުތުރު ދާއިރާ، 1- އަންހެނުންނަށް ޚާއްސަ މިދާއިރާގެ އެމްޑީޕީ ޕްރައިމްރީ އަށް ކުރިމަތިލީ ދިގުވާޑު ބީޗުވޭ އާމިނަތު ސައުސަން އެކަންޏެެވެ. ވުމާއެކު އޭނާއަށް މިދާއިރާގައި އެމްޑީޕީ ޓިކެޓް ވަނީ ލިބިފައެވެ.
ފުވައްމުލައްސިޓީ އިރު އުތުރު ދާއިރާ، 2- މިދާއިރާގެ ޕްރަމަރީ ކާމިޔާބުކުރި ކުރިން ހޯދަޑު ކައުނސިލްގެ ރައީސްކަން ކޮށްފައިވާ އަބްދުﷲ ނާސިރު، ނިޔާޒު / ހޯދަޑު އެވ. އޭނާ ވާދަކުރީ
އަންވަރު އިބްރާހިމް ދީދީ، މައިޒާންދޮށުގެ އާއެވެ.
ފުވައްމުލައްސިޓީ މެދު އުތުރު ދާއިރާ، 3- މިދާއިރާގެ ޕްރަމަރީ ކާމިޔާބުކުރީ މުހައްމަދު ފިކުރީ، ހޯސްޓް / މާދަޑު އެވެ. އޭނާ ވާދަކުރީ މަރްޔަމް ޝިއުނާ ޝީޝާ އާއިއެވެ. މި ޕްރަމަރީގައި ފުވައްމުލައް ސިޓީއިން ފިރިހެން ކެންޑިޑޭޓަކާއި ވަދަކުރަން ނިކުތް ހަމައެކަނި އަންހެން ކެންޑިޑޭޓަކީ ޝިއުނާއެވެ.
ފުވައްމުލައްސިޓީ ހުޅަނގު ދެކުނު ދާއިރާ، 4- އަންހެންުންނަށް ޚާއްސަ މިދާއިރާގެ ގޮނޑި ކާމިޔާބުކުރީ އާމިނަތު އިނާޔާ، ރަތަމަލާނާ /ފުނާޑު އެވެ. އޭނާއާއި ވާދަކުރީ އާމިނަތު ޝަބީނާ ޝާކިރު، ގަދަގެ އެވެ.
ފުވައްމުލައްސިޓީ މެދު ދެކުނު ދާއިރާ، 5- މިދާއިރާގެ ގޮނޑި ކާމިޔާބުކުރީ ކުރިން މާލެގަމު ކައުންސިލްގެ ރައީސް ކަންކުރި އަލީ ސައީދު، ޝޭޑީރެސްޓް / މާލެގަން އެވެ. އެނާ ވާދަކުރި މިހާރުގެ ޑެޕިއުޓީ މޭޔަރ މިސްކިތްމަގު މާކޯޅި މުހައްމަދު ޟިރާރުއާއެވެ.
ފުވައްމުލައްސިޓީ އިރު ދެކުނު ދާއިރާ، 6- މިދާއިރާގެ ގޮނޑި ކާމިޔާބުކުރީ ކުރިން ދޫނޑިގަމު ކައުންސިލް މެބަރުކަން ކޮށްފައިވާ އިބްރާހިމް މުހައްމަދު، ގާކެނޑިގެ/ ދޫނޑިގަމް އެވެ. އޭނާ ވަދަކުރީ އަބްްދުﷲ އާދިލް، ރޯމާގެ އާއެވެ.
ޚިޔާލުތައް
ނާގާބިލް މީހުން ފެއިލް އެވީ. މަގާމު ލިބުމުން ރައްޔިތުންގެ ވިންދަށް ބެލުމެއް ނެތި ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކޮށް އެހެން މީހުނަށް އަނިޔާވެރި ވުމުގެ ނަތީޖާ މިހާރުގެ މޭޔަރަށް އެފެނުނީ. ވޯޓް ލީ މީހުންގެ ްެންމެ 16% ލިބުމުން ސައިޒް ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ. ދެންވެސް ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް އެހެން މީހުންގެ ހައްގަށް ނައަރައި އިއްފަތްތެރި ރީތި ދިދިއުޅުމެއް އުޅެން ނަޞޭޙަތްތެރިވަން. އަދި ތިމާގެ ޢާއިލާއާއި މައިންބަފައިންގެ އިޙްސާސް ތަކަށް ބަލައި ދުނިޔޭގެ އެދުން އިސްނުކޮށް ރަނގަޅު ދިވެހި ދަރިއަކަށް ވުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަން