ފުވައްމުލަކަށް ޒިޔާރަތްކުރި އިޓަލީ ފަތުރުވެރިއަކު ކޮރޯނާއަށް ޝައްކުކުރެވިގެން ހެލިކޮޕްޓަރުގައި މާލެ ގެންދިޔަ ކަމަށް ދެކެވޭ ވާހަކައަކީ ސައްހަ ވާހަކައެއްނޫންކަން މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެެވެ. ހެލިކޮޕްޓަރެއް ފުވައްމުލަކަށް ނުޖައްސާކަން އެމްޑީއެފްގެ ފުވައްމުލަކު ބްރާންޗުން ކަށަވަރުކޮށްދެއެވެ. އެހެން ނަމަވެސް ފުވައްމުލަކު މަތިން މިއަދު ހެލިކޮޕްޓަރެއް ދަތުުރު ކުރިކަމަށާއި އެއީ ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި އެ ހެލިކޮޕްޓަރު ދަތުރުކުރީ އައްޑުއަށް ކަމަށް އެމްޑީއެފްއިން ބުންޏެވެ.
މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށް ނުވަތަ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކަށް ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް ބަލި މީހަކު ގެންދިޔަކަމުގެ އެއްވެސްރިޕޯޓެއް ނެތެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ސައްހަނޫން ޚަބަރު ނުފެތުރުމަށް އެކަމަށް އެކުލަވާލި ކޮމިޓީއިން އިލްތިމާސްކުރެއެވެ.
ޚިޔާލުތައް