މުޅިރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ ހާލަތު އިއްޔެ އިއުލާން ކުރުމާއި ގުޅިގެން ފުވައްމުލަކު ނޭޗަރ ޕާކް އާއްމުންނަށް ބަންދުކޮށްފިއެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރީ ރައްޖެއިން ކޯވިޑް19 ބަލި ފެނުމާއި ގުޅިގެން ނެވެ.
އެގޮތުން ފުވައްމުލަކު ނޭޗަރ ޕާކް އިން ނެރެފައިވާ އާއްމު ނޯޓިސްއެއްގައި ވާގޮތުން ކޯވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު، 13 މާރިޗު 2020 އިން ފެށިގެން އެތަން ބަންދުވާނެ ކަމަށް އައްމުކޮށްް އަންގާފައިވެއެވެ. ނޭޗަރޕާކް ބަންދުކުރީ އެޕާކުން އިތުރު އެއްޗެއް އަންގަން ދެނެވެ. ނަމަވެސް އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ ހާލަތު އިއްޔެ އިއުލާން ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ.

ފުވައްމުލަކު ނޭޗަރ ޕާކްގެ ވަގުތީގޮތުން އާއްމުނަށް ބަންދުކުރެވިފައި
ފުވައްމުުލަކު ނޭޗަރޕާކްގައި ހިމެނޭ ގޮތަށް ރަށުގެ ދެކޮޅުން ޗަސްބިން ސަރހައްދުގައި ދެ ބޯޑު ވޯކާއި ހަޓް ގާއިމުކޮށް މީހުންނަށް އެސަރަހައްދުތައް ބަލާލެވޭ ގޮތަށް ހަދާފައިވެއެވެ.
ފުވައްމުލަކު ނޭޗަރ ޕާކަކީ ކޮންމެ ހަފުތާ ބަންދެއްގައި އާއި އެހެނިހެން ދުވަސްތަކުގައި ވެސް އާއްމުން ހިތް އުފާކޮށް ކުޅީގައި ފަތާލުމަށާއި ޕެޑަލް ބޯޓު ދުއްވާލުމަށް ގޮސް އުޅޭ ތަނެކެވެ.
މީގެއިތުރުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ މައުލޫމާތު ފެތުރުމާއި ސްކޫލްކުދިންގެ ފިލްޑްތްރިޕްތަކުަގއި އެފަދަ މައުލޫމަތު އެތަނުން ދެމުން އާދެއެވެ.

ފުވައްމުލަކު ނޭޗަރ ޕާކްގެ އެކިއެކި ހަރަކާތްތައް
ޚިޔާލުތައް