ކޯވިޑް19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީަގއި އަޅާފައިވާ ފިޔަވަލުތައް ސިޓީ ކައުސިލުން ހާމަކުރައްވައިފިއެވެ.
ކޮރޯނާ ވައިރަސް ނުވަތަ (ކޯވިޑް-19) މިހާރު ރާއްޖެއިން ފެނިފައިވުމާއެކު ފުވައްމުލައް ސިޓީ ކައުންސިލުން ވެސް ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:
- ފުވައްމުލައް ސިޓީގެ ބަނދަރަށް ޓޫރިސްޓުންނާއެކު އަންނަ ސަފާރީ ފަދަ އުޅަނދުތައް ވަނުން ވަގުތީ ގޮތުން މަނާކުރުން.
- ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓުތައް ނެގުން.
- ފުވައްމުލައް ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މި ސިޓީގެ ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ދޮރުން ދޮރަށް ހިނގައި ކޯވިޑް-19 އާއި ބެހޭ މައުލޫމާތާއި ލީފްލެޓު މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ދިނުން ( ޖުމްލަ 1573 ގޭބީސީ އަދި 4046 މީހުންނަށް ވަނީ މައުލޫމާތު ދެވިފައި).
- މި ސިޓީގެ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް ބައްޔާއި ބެހޭ މައުލޫމާތު އަދި ބަލިން ރައްކާތެރިވާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން.
- މީހުން އެއްވެ އުޅޭ ޕަރކް، މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ބަންދުކުރުން.
- ކުޅިވަރު ކުޅޭ ދަނޑުތައް ވަގުތީގޮތުން ބަންދުކުރުން
- ކޮމިއުނިޓީ ސެންޓަރގެ ޖިމްގެ ހިދުމަތް ވަގުތީގޮތުން ބަންދުކުރުން.
- އެއާޕޯޓަށް ފުރަންދާ މީހުން/ ރަށަށް އަންނަ މީހުން/ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ފިޔަވައި އިތުރު މީހުން އެއާޕޯޓަށް ވަދެނިކުތުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލުން
- މިސްކިތްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުން
- އޮފީސް، މިސްކިތް އަދި ގެތަށް ޑިސްއިންފެކްޓް ކުރުމާއި ގުޅޭގޮތުން ހާއްސަ ތަމްރީނުތަކެއް ދިނުން
- އަޑުގަދަކުރާ ބޭނުންކޮށްގެން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މައުލޫމާތު ފޯރުކޮށްދިނުން.
- ފުވައްމުލައް ސިޓީގެ ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތައް އަދި ގުރުއާން ކިޔަވައިދޭ ކްލާސްތައް ވަގުތީ ގޮތުން ބަންދުކުރެވިފައި ވެއެވެ.
+1
+1
ޚިޔާލުތައް