A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: އިއްޔެެގެ ހާލަތު، 41 ހާސް މީހުން ޕޮޒިޓިވު، 18 ސަތޭކަ މަރު

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް އިއްޔެ އެކަނިވެސް 41 ހާހަށްވުރެ ގިނަ މީހުންނަށް މިރޯގާ ޖެހުނެވެ. އަދި އިއްޔެ މިރޯގާގެ ސަބަބުން ނިޔާވި މީހުންގެ އަދަދު ވަނީ 18 ސަތޭކަ ފަހަނަޅާ ގޮސްފައެވެ. މުޅި ދުނިޔޭގެ އިރުން ހުޅަނގަށް މިރޯގާގެ ބިރުވެރިކަން ފެތުރިފައިވާ އިރު މިރޯގާގެ ބިރުވެރިކަން ސިފަކޮށްދޭން ޑޮކުޓަރުންނާއި ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ސަރުކާރުތަކާއި ސިއްހީ ޖަމިއްޔާޔަކާއި ނޫސްވެރިން މަސައްކަތްކުރަމުންދާއިރުވެސް ބައެއް ފަރާތްތަކުން ސަރުކާރުތަކާއި ސިއްހީ ޚިދުމަތްތެރިންގެ އިލްތިމާސްތަކަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވެއެވެ.

މިބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު 16 ހާހަށް އަރާފައިވާއިރު މި ރޯގާގެ ބިރުވެރިކަން ހާމަކޮށް ދެމުން ބައިނަލް އަގުވާމީ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މި ރޯގާ ދަނީ ބާރުމިނުގައި ފެތުރެމުން ކަމަށާއި ފުރަތަމަ އެއްލައްކަ މީހުންނަށް މިރޯގާ ވާސިލުވުމަށް 67 ދުވަސް ނަގާފައިވާއިރު ދެވަނަ އެއްލައްކަ މީހުންނަށް މިރޯގާ ޖެހިފައިވަނީ 11 ދުވަހުންނެވެ. އަދި 3 ވަނަ އެއްލައްކަ މީހުންނަށް މިރޯގާ ޖެހިފައިވަނީ އެންމެ 4 ދުވަހުން ކަމަށްވެސް ބައިނަލް އަގްވާމީ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ. ބައިނަލް އަގްވާމީ ތަފާސް ހިސާބު ގެނެސްދޭ ވޯލްޑޯ މީޓަރުގައިވާ ގޮތުން އިއްޔެ އެކަނިވެސް 41331 މީހުންނަށް މިބަލި ފެތުރުނެވެ. މިހާރު މިބަލި ފެތުރޭ ނިސްބަތުން އެއްލައްކަ މީހުންނަށް މިބަލި ވާސިލުވުމަށް ނަގާނީ އެންމެ 3 ދުވަސް ކަމަށް ބެލެވެއެވެ. މިރޯގާ މިހާތަނަށް 381 ހާސް މީހުންނަށް ފެތުރިފައިވާއިރު، މިރޯގާ ޖެހުނު މީހުންގެ އަދަދު 4 ލައްކައަށް މިއަދު އަރާނެ ކަމަށް ލަފާކުރެވެއެވެ.

މިރޯގާގެ ސަބަބުން މީހުން މަރުވާ ނިސްބަތް ކުރިން އަންދާޒާކޮށްފައިވަނީ 2 އިންސައްތަކަމަށްވި ނަމަވެސް މިހާރު އެއަދަދުވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. މިހާތަނަށް މިބަލިން ފަސޭހަވި މީހުންގެ ނިސްބަތަށް ބަލާއިރު މިބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް އުޅެނީ 14 އިންސައްތާގައެވެ. އަދި ކުރިއަރާފައިވާ އިޓަލީގައި މިބަލީގެ ސަަބަބުން މަރުވާ މީހުންގެ ނިސްބަތް އުޅެނީ 45 އިންސައްތާގައެވެ. ގާތްގަޑަކަށް މިރޯގާ ޖެހޭ މީހުން ތެރެއިން 1 މިބަލިން ފަސޭހަވެގެން ދިޔަ ނަމަ އަނެކަކު މިބަލީގެ ސަބަބުން މަރުވަނީއެވެ. އިޓަލީގައި މިބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް މައްޗަށް ދިއުމުގެ ސަބަބުން ގިނަ ބަޔަކަށް މިބަލީގެ ބިރުވެރިކަން ވަނީ ތަސައްވުރެ ކުރެވިފައެވެ.

މިރޯގާ އެންމެ ހަލުވިމިނުގައި ފެތުރެމުން މިހާރުދަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގައެވެ. އިއްޔެ އެކަނިވެސް 10 ހާހަށްވުރެ ގިނަ މީހުންނަށް މިރޯގާ ޖެހިފައިވާއިރު މިރޯގާގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް އުޅެނީ 66 އިންސައްތާގައެވެ. މީގެ މާނައަކީ މިބަލީ ޖެހޭ މީހުންގެ ތެރެއިން އެކަކު މިބަލިން ސަލާމަތްވާއިރު އަނެއް 2 މީހުން މިބަލީގެ ސަބަބުން މަރުވެއެވެ.

މިހާތަނަށް އެއްވެސް ފަރުވާ އެއް ހޯދިފައިނުވާ މިރޯގާގެ ސަބަބުން ދިވެހި ސަރުކާރުންވެސް ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް، މިފިޔަވަޅުތަަކަށް ތަބާނުވާ މީހުން މަދުމަދުން ނަމަވެސް މިމުޖުތަމައުން ފެންނަމުންދާތީ އެކަމުގެ ބިރުވެރިކަން ޑޮކުޓަރުންނާއި ކަމާއި ގުޅުންހުރި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ. އެއްމެ މީހެއްގެ ސަބަބުންވެސް މުޅި ގައުމު ނުރައްކަލުގެ ހާލަތަށް ދިއުމަކީ ދުރުކަމެއްނޫނެވެ. ވީމާ މަކަމުގެ ފަރުދީ ޒިންމާނެގުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކޮންމެ ދުވަހަކު އެތަކެއް ފަހަރު އިލްތިމާސްކުރެއެވެ. ނަމަވެސް މިކަމަށް ބޯނުލަބާ ބަޔަކު ކޮންމެ ދުވަހަކުހެން ފެންނަމުންދެއެވެ. މިބައި މީހުން އިސްލާހުކުރުމަކީ މުޅިމުޖުތަމައުގެ ޒިންމާއަކަށްވާއިރު އެކަންތައްތައް އިސްލާހުކުރުމަށް ފަރުދީ ޒިންމާ ނެގުމާއިއެކު ތިމާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެ ޒިންމާ ނެގުމަކީ މުހިންމުކަމެކެވެ.

ރޯގާ ޖެހުނު މަރުވި
China 81,171 3,277
Italy 63,927 6,077
USA 46,145 582
Spain 35,136 2,311
Germany 29,056 123
Iran 23,049 1,812
France 19,856 860
S. Korea 9,037 120
Switzerland 8,795 120
UK 6,650 335
Netherlands 4,749 213
Austria 4,474 21
Belgium 3,743 88
Norway 2,625 10
Canada 2,091 24
Portugal 2,060 23
Sweden 2,046 27
Brazil 1,924 34
Australia 1,895 8
Turkey 1,529 37
Malaysia 1,518 14
Denmark 1,460 24
Israel 1,442 1
Czechia 1,236 1
Japan 1,128 42
Ireland 1,125 6
Ecuador 981 18
Luxembourg 875 8
Pakistan 875 6
Thailand 827 4
Poland 749 8
Chile 746 2
Diamond Princess 712 8
Finland 700 1
Greece 695 17
Iceland 588 1
Indonesia 579 49
Romania 576 7
Saudi Arabia 562
Singapore 509 2
Philippines 501 33
Qatar 501
India 499 10
Slovenia 442 3
Russia 438 1
South Africa 402
Peru 395 5
Bahrain 377 2
Mexico 367 4
Egypt 366 19
Hong Kong 357 4
Estonia 352
Panama 345 6
Croatia 315 1
Colombia 306 3
Argentina 301 4
Lebanon 267 4
Iraq 266 23
Serbia 249 3
Dominican Republic 245 3
Armenia 235
Algeria 230 17
Bulgaria 201 3
UAE 198 2
Taiwan 195 2
Kuwait 189
San Marino 187 20
Slovakia 186
Latvia 180
Lithuania 179 1
Hungary 167 8
Uruguay 162
Costa Rica 158 2
New Zealand 155
Morocco 143 4
North Macedonia 136 2
Bosnia and Herzegovina 136 1
Andorra 133 1
Jordan 127
Vietnam 123
Faeroe Islands 118
Cyprus 116 1
Moldova 109 1
Malta 107
Albania 104 4
Burkina Faso 99 4
Sri Lanka 97
Brunei 91
Tunisia 89 3
Cambodia 87
Venezuela 84
Belarus 81
Senegal 79
Ukraine 73 3
Azerbaijan 72 1
Réunion 71
Oman 66
Guadeloupe 62 1
Kazakhstan 62
Georgia 61
Palestine 59
Cameroon 56
Martinique 53 1
Liechtenstein 51
Trinidad and Tobago 51
Uzbekistan 46
Afghanistan 42 1
Cuba 40 1
Nigeria 40 1
DRC 36 2
Mauritius 36 2
Channel Islands 36
Rwanda 36
Bangladesh 33 3
Puerto Rico 31 2
Honduras 30
Guam 29 1
Ghana 27 2
Paraguay 27 2
Montenegro 27 1
Bolivia 27
Macao 25
Ivory Coast 25
Mayotte 24
Monaco 23
Guatemala 20 1
Guyana 20 1
French Guiana 20
Jamaica 19 1
French Polynesia 18
Togo 18
Barbados 17
U.S. Virgin Islands 17
Kenya 16
Kyrgyzstan 16
Gibraltar 15
Isle of Man 13
Maldives 13
Madagascar 12
Tanzania 12
Ethiopia 11
Mongolia 10
Aruba 9
Equatorial Guinea 9
Uganda 9
New Caledonia 8
Saint Martin 8
Seychelles 7
Gabon 6 1
Benin 6
Bermuda 6
Haiti 6
Cayman Islands 5 1
El Salvador 5
Suriname 5
Curaçao 4 1
Bahamas 4
Congo 4
Fiji 4
Greenland 4
Guinea 4
Namibia 4
Eswatini 4
Zimbabwe 3 1
Angola 3
Antigua and Barbuda 3
Cabo Verde 3
CAR 3
Djibouti 3
Liberia 3
Niger 3
St. Barth 3
Saint Lucia 3
Zambia 3
Gambia 2 1
Sudan 2 1
Nepal 2
Bhutan 2
Chad 2
Dominica 2
Mauritania 2
Myanmar 2
Nicaragua 2
Sint Maarten 2
Belize 1
Eritrea 1
Grenada 1
Vatican City 1
Montserrat 1
Mozambique 1
Papua New Guinea 1
St. Vincent Grenadines 1
Somalia 1
Syria 1
Timor-Leste 1
Turks and Caicos 1
Total: 381,643 16,558

ތަފާސް ހިސާބު ނަގާފައިވަނީ: ވޯލްޑޯ މީޓަރުގެ ވެބުސައިޓުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !