ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް އަދި ބަނދަރު ސަރަހައްދު ޑިސްއިންފެކްޓް ކުރަން މިއަދު ފަށައިފިއެވެ.
ބަލިފެތުރޭ ޖަރާސީމުތައް ނައްތާލުން ނުވަތަ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ފެނަކަ-ފުވައްމުލައް ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މީގެ އިތުރުން ރަށުތެރެ ކުނިކަހާ ސާފުކޮސް ބޭއްވުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މަސައްކަތު މީހުން ކޮންމެ ދުވަހަކުވެސް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ކޮރޯނާވައިރަސް ރާއްޖެ އައިސްފައިވާތީ މާލޭގެ މަގުތައްވެސް ކްލޮރިން އަޅައިގެން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ސިފައިން ގުޅިގެން މާލޭގައި ވެސް ކުރިޔަށްގެންދަން މިއަދު ވަނީ ފަށާފައެވެ.
+1
+1
ޚިޔާލުތައް