A wide advertisement which will be shown on all devices. (700 x 100)

ނިއުޔޯކުގެ ގަވަރުނަރު އެހީއަށް އެދި އާދޭސްކުރަނީ

ނިއުޔޯކަށް ބަދަރުކޮށްފައިވާ ނޭވީ ހޮސްޕިޓަލް އުޅަނދު، ފޮޓޯ: އަލްޖަޒީރާ

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގެ އެންމެ ކުރިއަރާފައިވާ އެއް ސްޓޭޓްކަމަށްވާ ނިއުޔޯކުގެ ގަވަރުނަރު، އެގައުމުގެ ސިއްހީ ދަތުމަވެރިންނާއި ސިފައިންގެ ސިއްހީ އުޅަނދުތައް ނިއުޔޯކަށް އަވަހަށް އައިސްދިނުމަށް އެދިއްޖެއެވެ. ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާގެ ނުރައްކާ އެންމެ ބާރަށް ފެތުރެމުންދާ އެއް ޝަހަރުކަމަށްވާ ނިއުޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ އާދޭހާއިއެކު ނިއުޔޯކަށް އެހީވުމަށް ދަންނަވާފައިވަނީ މިރޯގާ ޖެހިގެން މަރުވި މީހުންގެ އަދަދު އެއްހާސް ފަހަޅައި ދިއުމުންނެވެ. އިއްޔެގ ނިޔަަލަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްޝަހަރު ކަމަށްވާ ނިއުޔޯކުން 1342 މީހުން މަރުވެފައިވާ ކަމަށް ވޯލްޑޯ މީޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޔޫއެސްއެންއެސް ކޮމްފޯޓް ނަކަމަކަށް ކިޔާ ނޭވީ ހޮސްޕިޓަލް އުޅަނދު ނިއުޔޯކުގައި މިހާރު ވަނީ ބަދަރުކޮށްފައެވެ. މިއީ 1000 އެދުގެ އުޅަނދެކެވެ. މިއީ ސެޕްޓެމްބަރ 11 ގެ ހާދިސާގެ ފަހުން މި އުޅަނދު ނިއުޔޯކަށް އެހީވުމަށް އައި ފުރަތަމަ ފަހަރެވެ. ނިއުޔޯކު ގަވަރުނަރުގެ ގޮވާލުމަށް ސިއްހީ ދަރުމަވެރި ޚިދުމަތްތެރިން ނިއުޔޯކަށް މިހާރުވަނީ އަންނަން ފަށާފައެވެ.

ކޮރޯނާ ރޯގާ ޖެހިގެން އެމެރިކާއިން 3100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 164 ހާހަށްވުރެ ގިނަމީހުންނަށް މިރޯގާ ޖެހިފައިވެއެވެ. މިރޯގާ ފެތުރޭ ނިސްބަތަށް ބަލާއިރު ކޮންމެ ދެދުވަހަކުން އެއްލައްކަ މީހުންނަށް މިރޯގާ ޖެހެއެވެ. އަދި އެވުރެޖުކޮށް 3000 އަށްވުރެ ގިނަ މީހުން މިރޯގާޖެހިގެން މިހާރުމަރުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !