A wide advertisement which will be shown on all devices. (700 x 100)

ސިބުކޯ އިން ގުޑުޑޭ “ޗާޖު” ތައާރަފުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ ވިއްކާ ކުންފުންޏެއްކަމަށްވާ ސިބްކޯ އިން ރާއްޖޭގެ ބާޒާރަށް ގުޑްޑޭ ބްރޭންޑް ގެ  “ޗާޖް” ނެރެފިއެވެ.

ޗާޖް އާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ސިބްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ހާނީ ނަޢީމް ވިދާޅުވީ ފާއިތުވި އަހަރު އާންމުންގެ މެދުގައި މަޤްބޫލުކަން ހޯދަމުން އަންނަ މެލޭޝިއާގެ އުފެއްދުމެއްކަމުގައިވާ ގުޑްޑޭ ބްރޭންޑްގެ އައު ރަހައެއް ތަޢާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމާއި، މި ބުއިމަކީ ކަށީގެ ބާރު ގަދަކޮށް، ލޮލުގެ ސިއްހަތާއި ހެދި ބޮޑުވުމުގައި އެހީވެދޭ، ހަކަތަ ލިއްބައިދޭ ޗޮކޮލެޓް ރަހަދޭ ބުއިމެކެވެ. އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު 10 ނިއުޓްރިއަންޓް އެކުލެވޭ މީރު ޗޮކްލެޓް ބުއިމެއް ކަމަށެވެ.

ކުޑަކުދިންގެ ހެދި ބޮޑުވުމަގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ މި ކިރުގައި ވިޓަމިން ބީ-2، ވިޓަމިން ބީ-6، ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީ، އައޮޑިން އަދި ނިއަސިން އެކުލެވިގެންވެއެވެ. ސިބްކޯއިން ވިއްކަނީ ޗާޖްގެ 200 އެމް.އެލް.  ޕެކެޓް އެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ. ސިބްކޯގެ ފިހާރަ ފުވައްމުލައް އަދި އައްޑޫ ސިޓީގައި މިދިޔަ އަހަރު ވަނީ ހުޅުވާފައެވެ. ފުވައްމުލަކުގެ ސިބުކޯ ފިހާރަ ގާއިމުވެފައި ހުންނީ މިސްކިތްމަގު، ހުސްނުޙީނާ މަގުގެ ލިލީ މިސްކިތާއި އިންވެގެނެވެ.

ސިބްކޯ އިން ގެންނަ މުދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ އުތުރަށް ސިބްކޯގެ މުދާ ފަސޭހައިން ލިބޭނެގޮތަށް ހދ. ކުޅުދުއްފުށީގައި މި އަހަރު ފިހާރައެއް ހުޅުވުމަށް ގަސްދުކުރާކަމަށް އެކުންފުނީގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މާލޭގައިވެސް އިތުރު ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިބްކޯ އިން މަޢުލޫމާތު ދެއްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !